25 ސެޕްޓެމްބަރ 2020
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން އަންނަ މަހު އެންޓި ބޮޑީ ޓެސްޓު ހަދަން ފަށާނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން އަންނަ މަހު އެންޓި ބޮޑީ ޓެސްޓު ހަދަން ފަށާނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ޕަބްލިކް ހެލްތު ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ އެންޓި ބޮޑީ ޓެސްޓު ހެދުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެކަން ފެށުމަށް ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އާބާދީގެ ވަކި ވަރެއް، ކޮވިޑަށް އިމިއުންވާނެއޭ ބުނަން ވަރަށް ގިނަ ސާމްޕަލް ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ. އެކަން ފުދޭވަރެއްގެ މަސައްކަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވިގޮތުގައި އެންޓި ބޮޑީއާ ގުޅޭ ސްޓަޑީ ޕްލޭން މިހާރު ވަނީ ފާސްކޮށްފަ އެވެ. މިހާރު ކުރަމުން އަންނަނީ އެކަމަށް ބޭނުންވާ ތައްޔާރީތައް ވުމެވެ.
ހަށިގަނޑުގައި އެންޓިބޮޑީ ހުރުމަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތް ކޮށްފައި ވުމެވެ. އެއީ، ބަލީގެ އަލާމާތް ނުފެނި އަދި ބަލިޖެހިފައި ހުރިކަން ނޭނގި ރަނގަޅުވެފައި ތިބި މީހުންނެވެ.
ކޮވިޑުން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި އިސްވެ އުޅޭ 3،000 އަށް ވުރެ މީހުންގެ އެންޓި ބޮޑީ ޓެސްޓު ދާދި ފަހުން އޭޑީކޭ ހޮސްޕިޓަލްގައި ހަދައިފަ އެވެ. އޭގެ ތެރެއިން އެންޓި ބޮޑީ ހުރީ 125 މީހެއްގެ ހަށިގަނޑުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމުން، އެ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. އެކަމަކު ފަހުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް މަދުވެފައިވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
ނަމަވެސް ޑރ. ޝީނާ ވިދާޅުވީ ޕޮޒިޓިވްވާ އަދަދު މަދުވަމުން ދިޔަ ނަމަވެސް ގްރީން ޒޯނަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށެވެ.
އޭނާ ގޮތުގައި އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނައަކީ ބަލި ފެތުރޭ ނިސްބަތް މަދުވުމެވެ. އެކަމަކު، އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގަައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާނުލެވޭތީ ކަމަށް ވިދާޅުވި އެވެ.
ނަމްބަރު މަދުވިޔަސް ގްރީން ޒޯނަކަށް ނުދޭ: ޑރ. ޝީނާ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް
ކޮވިޑްގެ ޕީސީއާރު ޓެސްޓު ހެދެނީ ހަތަރު އަތޮޅަކުން
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ވެކްސިންނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާކަށް ނުޖެހޭ
ކުޑަކުދިން ދަތުރުކުރާ އިރު ކަރަންޓީނު ވާން ޖެހޭނެ