30 ޖުލައި 2020
ކޮވިޑް-19ގައި ބޮޑުވަރުވާ އުމުރުން ދުވަސްވީ މީހުން ޕޮޒިޓިވްވުން އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ނިސްބަތް ވެސް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާ ކަން ފަހުގެ ޕްރޮޖެކްޝަންސް އިން ދައްކައިފި އެވެ.
ކޮވިޑް-19ގައި ބޮޑުވަރުވާ އުމުރުން ދުވަސްވީ މީހުން ޕޮޒިޓިވްވުން އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ނިސްބަތް ވެސް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާ ކަން ފަހުގެ ޕްރޮޖެކްޝަންސް އިން ދައްކައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑްގެ ހާލަތު އަންދާޒާ ކުރައްވާ ގޮތް ތަފްސީލްކޮށްދެއްވަމުން ޕަބްލިކް ހެލްތު އެކްސްޕާާޓް، ޑރ. ޝީނާ މޫސާ ވިދާޅުވީ އަންނަ މަހު ދުވާލަކު، އެވްރެޖްކޮށް 170 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާގެ އަންދާޒާ އިން ދައްކާ ގޮތުގައި މަސް ނިމޭއިރު ޖުމްލަ 2،373 މީހުންނަށް ބަލި ޖެހޭނެ އެވެ.
ބަލި ޖެހޭ ނިސްބަތް އިތުރުވުމާއި އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހުން އިތުރުވުން ޑރ. ޝީނާ ސިފަކުރެއްވީ ނުރައްކާތެރި މެސެޖެއްގެ ގޮތުގަ އެވެ. މި ނިމޭ، ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައި ބަލި ފެތުރޭލެއް ބާރުވެފައި ސެޕްޓެމްބަރު މެދެއްހާ ތަނުގައި އަނެއްކާ ވެސް ދަށްވާނެ ކަމަށް ޕްރޮޖެކްޝަންސުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮޖެކްޝަންސް ހަދާފައި ވަނީ ނިއު ނޯމަލް އަށް އެޗްޕީއޭ އިން އެކުލަވާލައި އާއްމުކޮށްފައިވާ ގައިޑްލައިންތަކަށް 50 ޕަސެންޓް މީހުން ތަބާވާނެ ކަމަށް ބަލައިގެންނެވެ.
"އުއްމީދުކުރި ވަރަށް ވުރެން ތަންކޮޅެއް ބާރަށް މި މަހާއި ކުރިއަށް އޮތް މަހުގެ ތެރޭގައި ފެތުރޭނެ ކަމަށް އަންދާޒާކުރެވެނީ،" ޝީނާ ވިދާޅުވި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ.
އޭނާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ދެ މީހަކު ނުވަތަ ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނަސް ކުރިއަށް އޮތް ތަނުގައި އެ އަދަދު ތިން ގުނަ އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއާއެއްކޮށް އައިސީޔޫގައި ފަރުވާ ދޭންޖެހޭ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި ކޮވިޑަށް ފަރުވާދޭން ތައްޔާރުކޮށްފައި ހުރި އެނދުތައް، މިވަރަށް ރޭޓު ހިނގައްޖެއްޔާ ކިރިޔާ މެނޭޖްކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝީނާގެ ލަފާކުރުންތަކުން ދައްކާ ގޮތުން ބަލިޖެހޭ މީހުން ޖުލައި މަހު 997 އަށް އަރާއިރު އޮގަސްޓް މަހު 2،373 އަށް އަރާނެ އެވެ. ސެޕްޓެމްބަރު މަހު 1،454 މީހުންނަށް ބަލިޖެހޭ އިރު އޮކްޓޯބަރު މަހު 945 އަދި ނޮވެމްބަރު މަހު 409 މީހުންނަށް ބަލިޖެނޭ ކަމަށް ލަފާކޮށްފައިވެ އެވެ. ޑިސެމްބަރު މަހު ބަލިޖެހޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 254 މީހުންނަށެވެ.
ޖުލައި މަހު އެވްރެޖްކޮށް ހަތް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ އިރު އޮގަސްޓް މަހު 16 މީހުން، ސެޕްޓެމްބަރު މަހު 10، އޮކްޓޯބަރު މަހު 6، ނޮވެމްބަރުގައި 3 އަދި ޑިސެމްބަރު މަހު 2 މީހުން އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ޕްރޮޖެކްޝަންސްގައި ލަފާކޮށްފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ޕޮޒިޓިވްވާ ރޭޓަށް ބަލާއިރު ކޮވިޑަށް ހާއްސަކޮށްފައިވާ ތަންތަނުގައި ކިރިޔާ ފަރުވާ ދެވޭނީ އެވެ. އެކަމަކު ވަރަށް ބޮޑަށް އިތުރުވެއްޖިއްޔާ ހޮސްޕިޓަލްތަކަށް ނުތަކާވަރު ވުން އެކަށީގެންވެ އެވެ.
އެއީ، އާއިލާތަކާއި މުއައްސަސާތަކުން ވެސް ވަރަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ޝީނާ ވިދާޅުވި އެވެ. ރާއްޖެ އިން މި ބައްޔަށް މިއަދު ވަނީ 152 މީހުން ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި މިހާތަނަށް 16 މީހަކު ވަނީ މަރުވެފަ އެވެ.
މާޗް 7 އިން މެއި 2 އަށް: 56 ދުވަސް
މެއި 2 އިން މެއި 15 އަށް : 13 ދުވަސް
މެއި 15 އިން މެއި 28 އަށް: 13 ދުވަސް
މެއި 28 އިން 12 ޖޫން އަށް: 15 ދުވަސް
ޖޫން 12 އިން 7 ޖުލައި އަށް: 25 ދުވަސް
ޖުލައި 7 އިން ޖުލައި 21 އަށް: 14 ދުވަސް
ޖުލައި 21 އިން ޖުލައި 28 އަށް: 7 ދުވަސް
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ހާލަތު ބިރުވެރި: ހޮސްޕިޓަލްތައް ފުރި ފަރުވާނުދެވިދާނެ!
"ބްލެކް ފަންގަސް" އަށް ދޭނެ ބޭހެއް ރާއްޖެއަކު ނެތް
އެއް ހަފުތާތެރޭގައި 3،000 މީހުންނަށް ކޮވިޑް ޖެހުނު
ވެކްސިންގެ 700،000 ޑޯޒު ލިބޭނެ އިރެއް ނޭނގޭ
ކޮވިޑް: ހަތަރު ހަފުތާގެ ފިޔަވަޅުތަކުން ބަދަލެއް ނައި
އެމްއެންޔޫއާ ގުޅިގެން އެންޓި ބޮޑީ ޓެސްޓު ހަދަން ފަށަނީ
ނަމްބަރު މަދުވިޔަސް ގްރީން ޒޯނަކަށް ނުދޭ: ޑރ. ޝީނާ
މި މަހު ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ: ޝީނާ
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ