18 އެޕްރީލް 2020
ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރިއްޖެ ނަމަ، ހާލަތު ގޯސްވެދާނެ ކަމަށް ކުރީގެ އަންދާޒާއަށް ވުރެން ވެސް ވެދާނެ ގޮތެއްގެ ބިރުވެރިކަން ބޮޑުވެފައިވާ ކަމަށާއި މިހާރުގެ ލަފާކުރުންތަކުން ދައްކަނީ ހަލުވިކަމާ އެކު ފެތުރޭ ވައިރަހުން ލައްކައަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކަށް ފަރުވާ ނުދެވިދާނެ ކަން ކަމަށް ބުނެ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރިއްޖެ ނަމަ، ހާލަތު ގޯސްވެދާނެ ކަމަށް ކުރީގެ އަންދާޒާއަށް ވުރެން ވެސް ވެދާނެ ގޮތެއްގެ ބިރުވެރިކަން ބޮޑުވެފައިވާ ކަމަށާއި މިހާރުގެ ލަފާކުރުންތަކުން ދައްކަނީ ހަލުވިކަމާ އެކު ފެތުރޭ ވައިރަހުން ލައްކައަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ ހޮސްޕިޓަލްތައް ފުރި އެތައް ބަޔަކަށް ފަރުވާ ނުދެވިދާނެ ކަން ކަމަށް ބުނެ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާލެ އިން މީހަކަށް މި ބަލި ޖެހި މިހާތަނަށް ވަނީ 9 މީހަކު ޕޮޒިޓިވްވެފަ އެވެ. މިއީ ހެދި ޓެސްޓްތަކުން ނަތީޖާ އިން ޕޮޒިޓިވް ކަމަށް ދެއްކި އަދަދު ނަމަވެސް މި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި، ކަމާބެހޭ އިދާރާތަކުން މިހާރު ލަފާކުރަނީ 100 އަށް ވުރެ ގިނަ މީހުން މިވަގުތު ވެސް ޕޮޒިޓިވްވެފައި ތިބޭނެ ކަމަށެވެ. އެއާއެކު، ލޮކްޑައުންގެ 14 ދުވަހުގެ ތެރޭގައި އަޅާ ފިޔަވަޅަށް ބޯނުލަނބައި ފަރުވާކުޑަކަންމަތީގައި އަދިވެސް ތިބެއްޖެ ނަމަ ޕްރޮޖެކްޝަންގެ ގްރާފްގައިވާ އޮރެންޖް ސިނާރިއޯ އިން ދައްކަނީ ފަރުވާ ނުދެވި މަރުވާ އަދަދު 2،000 އަށް އަރާފާނެ ކަމަށެވެ.
ޑރ. ޝީނާ އާއްމުކުރެއްވި މައުލޫމާތު ހިމެނޭ ގްރާފް.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ހުރި މީހަކު ނޭނގި މުޖުތަމައުގެ ތެރޭގައި ހުރެއްޖެ ނަމަ ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ މިންވަރުގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން ކުރިން ލަފާކޮށްފައި ވަނީ ބައްޔަށް ޕޮޒިޓިވްވާނީ 98،000 މީހުން ކަމަށެވެ. ކުރީގެ ޕްރޮޖެކްޝަން އިން ދައްކަނީ، މުޖުތަމައުގެ ތެރޭގައި އުޅޭ މީހަކަށް ބަލި ޖެހޭތާ 45 ވަނަ ދުވަހު އެކަނި ވެސް ގާތްގަނޑަކަށް 5،000 މީހުން އަލަށް ބައްޔަށް ޕޮޒިޓިވް ވާނެ ކަމަށެވެ. އެއީ އެއް ދުވަހެއްގައި އެންމެ ގިނައިން ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިދާނެ ކަމަށް ލަފާކުރާ އަދަދެވެ.
އެކަމަކު، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ޑރ. ޝީނާ މޫސާ އާއްމުކުރެއްވި އަދަދުތަކުން ކަންބޮޑުވުން އޮތީ އިންތިހާގަ އެވެ. ކަމާބެހޭ އިދާރާތަކުން ދެމުން އައި އިންޒާރުތަކަށް ފަރުވާކުޑަކުރުމުގެ ނަތީޖާ ފެންނަން އޮތީ، ސީރިއަސް އަދަދުތަކަކުންނެވެ.
މިރޭގެ މީޑިއާ ބްރީފިންގައި (ކ-ވ) ޑރ. ޝީނާ، މަބްރޫކް އަދި ޑރ. ނަޒްލާ ބައިވެރިވެވަޑައިގަންނަވަނީ.
ޑރ. ޝީނާ މި އަދަދުތައް ވިދާޅުވެދެއްވީ، ގެއިން ބޭރަށް ނުނިކުތުމާއި ސޯޝަލް ޑިސްޓެންސިން ފަދަ ކަންކަމަށް ސަމާލުކަން ދީފި ނަމަ، ފެތުރުން އަދިވެސް ދަށްވެދާނެ ކަމުގެ އުއްމީދެއް އޮތްކަން ހަނދާން ކޮށްދެއްވަމުންނެވެ.
ޑރ. ޝީނާ އާއްމުކުރެއްވި މައުލޫމާތު ހިމެނޭ ގްރާފް.
އާއްމުންގެ ތެރޭގައި ބަލި ފެތުރުނު ފަހުން، ކަމާބެހޭ އިދާރާތަކުން ހަދާފައިވާ ގްރާޕްތައް އާއްމުންނަށް ދައްކާލައްވަމުން ޝީނާ ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ނެތި ދުރާލައި ފިޔަވަޅު އަޅަމުން އައި އިރު ރާއްޖޭގައި ކޮވިޑް-19 ފެތުރުނީ ވަރަށް މަޑުމަޑުން ކަމަށެވެ. އޭރު، އެންމެ ގޯސް ހާލަތަކަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ވެސް ލިބެމުން އައި ކަމަށް ވިދާޅުވި އެވެ.
މާލެ ތެރެއިން ފުރަތަމަ ކޭސް ފެނި، ކޮންޓެކްޓް ޓްރޭސިން ހެދިއިރުގެ ނަތީޖާ ފެނުނީ ވަރަށް ހިތާމަވެރިކޮށެވެ. މިހާރުގެ ޕްރޮޖެކްޝަނުން ފެންނަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބާރަށް ބަލި ފެތުރިގެންދާ ތަން ކަމަށް ޝީނާ ވިދާޅުވި އެވެ. މި ހާލަތުން، އައިސީޔޫ އާއި ވެންޓިލޭޓަރަށް ލާން ޖެހޭ އަދަދު ވެސް މިހާރު އުޅޭނީ 43،000 ގަ އެވެ.
ޑރ. ޝީނާ އާއްމުކުރެއްވި މައުލޫމާތު ހިމެނޭ ގްރާފް.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ ރޯދަ މަހުގެ ތެރޭގަ އެވެ.
ޝީނާ ވިދާޅުވީ ކުރީގެ ސިނާރިއޯގައި މަސައްކަތް ކުރަމުން އައީ ގިނަ ބަޔަކު މަރުން ސަލާމަތްކުރެވޭނެ ގޮތަކަށް ކަމަށެވެ.
"މިހާ ބޮޑަށް އިންފެކްޝަންސްތައް ގިނަވަމުންދާއިރު، މާނައަކީ އަޅުގަނޑުމެން އެޑްމިޓްކުރަން ޖެހޭ އަދަދު ވެސް ގިނަވަމުންދާނެ،" ޝީނާ ވިދާޅުވި އެވ
ގްރާފްގައި، އޮރެންޖް ރޮނގު ދަތުރުކުރާ މިންވަރު ދައްކަވަމުން ވިދާޅުވީ އެ ހަލުވިކަމުގައި ފެތުރޭ ނަމަ، ބަލިވާ އަދަދު ސިއްހީ ނިޒާމަކަށް ނުތަކާނެ ކަމަށެވެ.
"ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ވަރަށް ބޮޑުވޭ އެޑްމިޓްކުރަން ޖެހޭ މިންވަރު އުފުލިގެންދޭ. އޭގެ މާނައަކީ އަޅުގަނޑުމެންގެ ހެލްތު ސިސްޓަމްގައި ނެތޭ އެހާ ކެޕޭސިޓީއެއް،" ޝީނާ ވިދާޅުވި އެވެ.
ކުރިން ފިޔަވަޅުތައް އަޅަމުން އައީ، ޝީނާ ވިދާޅުވި ގޮތުގައި، ޑޮކްޓަރުންނާއި ނަރުހުންނާއި އެނދާއި ވެންޓިލޭޓަރުތައް ރާއްޖޭގައި ލިބެން ހުރި ނިސްބަތަށް ބަލައިގެންނެވެ. އެކަމަކު، އާއްމުންގެ ތެރޭގައި ފެތުރި އެ ހާލަތު މިހާރު ބަދަލުވެފައިވާ ކަން ފާހަގަކުރެއްވި އެވެ.
މިއީ، ކޮވިޑް-19 އިން އާއްމުން ރައްކާތެރިކަމަށް ފިޔަވަޅު އަޅަމުން އައި ސިއްހީ ޚިދުމަތްތެރިން ކުރިން ވެސް ކަންބޮޑުވުންފާޅުކުރަމުން އައި މައްސަލަ އެވެ. އާއްމުންގެ ތެރެއަށް ވައިރަސް ފެތުރި، އެއްފަހަރާ އެތައް ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެ ނަމަ އެ ކެޕޭސިޓީ ނެތް ކަމެވެ.
މި ބަލި ލައްކައަކަށް ވުރެން ގިނަ މީހުންނަށް ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގައި ތިބި ޑޮކްޓަރުންގެ އަދަދަކީ 2،000 އެވެ. ބަލި މީހުންނާ އެންމެ ގާތުން ޚިދުމަތްދޭ ނަރުހުންގެ އަދަދަކީ 2،900 އެވެ. މި އަދަދުތައް މިގޮތަށް ހުރުމުން، އެންމެ ހާލުބޮޑުވާ ބަލި މީހުންނަށް ކްރިޓިކަލް ކެއާ ދިނުމަށް 400 އަށް ވުރެން ގިނަ މީހުން ވަނީ ތަމްރީންކޮށްފަ އެވެ.
Emme bodu birakee nukathaa varah faruvaa dheyn jehidhaanethee: Dr. Moosa
The most trusted news source in the Maldives
Mihaaru
ބަލި ފެތުރި، ދިމާވެދާނެ ބިރުވެރިކަމަކާ ގުޅޭ ގޮތުން ޑރ. މޫސަ "މިހާރު"އަށް ދެއްވާފައިވާ އިންޓަވިއު.
މިހާރު އޮތް ޓްރެންޑްގައި މިކަން ހިނގައްޖިއްޔާ ވަރަށް ގިނަ ބަޔަކަށް ހިދުމަތް ނުދެވި ހިނގައިދާނެ. 14 ދުވަހުގެ ތެރޭގައި އެޑްމިޓްކުރަން ޖެހޭ ކޭސްތަކާއި ވެންޓިލޭޓަރަށް ލާން ޖެހޭލެއް އަދަދުތައް ވަރަށް މަތިވޭ. މިހާރު ދައްކާ ގޮތުން 21 ވަނަ ދުވަހަށް އަންނަ އިރުގައި އަޅުގަނޑުމެންގެ ހެލްތު ސިސްޓަމްގައި ނެތް ފަރުވާދޭން ކެޕޭސިޓީއެއް. ބައިވަރު އެނދުތައް ހަދަމުން އަޔަސް، އަދި ބަލި މީހާ އެ އެނދުގައި ބޭއްވިޔަސް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުންނެއް ނެތް. އޭގެ މާނައަކީ މި ސިޓުއޭޝަންގައި ތިބެން ވެއްޖިއްޔާ [ޕްރޮޖެކްޝަންގައިވާ ގޮތުން] ވަރަށް މީހުން މަރުވެގެން ދާނެއޭ. --ޝީނާ
އޭނާ ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ޑޮކްޓަރުން މާލެ ގެނެސްގެން ފަރުވާދެވޭކަށް ނެތެވެ.
ޝީނާގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވެސް ތަކުރާރުކޮށް ވިދާޅުވީ މި އަދަދުތައް ދަށްކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަަމަށެވެ. ދެ ބޭފުޅުން ވެސް އެދިވަޑައިގަތީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ކަމާބެހޭ އިދާރާތަކުން ދެމުން އައި އިރުޝާދަށް އަމަލުކުރުމަށެވެ.
ނަޒްލާ އިލްތިމާސްކުރެއްވީ، މިހާރު އޮތް ހާލަތުން ދެން ވެސް އަދަދުތައް ތިރިކުރަން އެދޭ ނަމަ އެންމެން އެއްބާރުލުން ދެއްވުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެއަކީ ތޮއްޖެހި، އެއް އިމާރާތެއްގެ ތެރޭގައި އެތައް ބަޔަކު އުޅޭ ތަނަކަށް ވާތީ އިމާރާތްތަކުގެ ތެރޭގައި ވެސް އެންމެން ބައްދަލުވުން ފަދަ ކަންކަމާ ދުރުވާން ޖެހެ އެވެ. ގޭބީސީއެއްގައި އުޅޭ މީހުން އެކަނި މިވަގުތަށް، އެކުގައި އުޅެ، އެހެން ގޭބީސީތަކުގެ މީހުން ގޭގެއަށް ދައުވަތު ނުދޭން ނަޒްލާ އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ މީހެއްގެ ގައިގައި ވެސް މިހާރު ވައިރަސް ހުރެދާނެ އެވެ.
"ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 19،000 ކޭސްތޯ ނުވަތަ 29 ކޭސްތޯ ފެންނަން އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި. އަދަދު ތިރިކުރަން ބޭނުމިއްޔާ ގޭގައި މަޑުކޮށްދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ކޮންޓެކްޓް ޓްރޭސިން: އެކަކު ވެސް ދޫވިޔަ ނުދޭ
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
ކޮވިޑް-19: އައިޖީއެމްއެޗުގެ ކްލަސްޓާ ބޮޑުވަނީ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ރަނގަޅުވި ބައެއް މީހުން އާ އުސޫލާ އެއްގޮތަށް ދޫކޮށްފި
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ