01 ޖުލައި 2020
"ނިއު ނޯމަލް" ގެ އުސޫލުތަކަށް ފަރުވާކުޑަކޮށްފި ނަމަ ޕީކެއް އަތުވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.
"ނިއު ނޯމަލް" ގެ އުސޫލުތަކަށް ފަރުވާކުޑަކޮށްފި ނަމަ ޕީކެއް އަތުވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ސަރުކާރުގެ ހުރިހާ އިދާރާތަކުން ގުޅިގެން ކުރަން އުފެއްދި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފަހު މީޑިއާ ބްރީފިންގައި، އެ ބަލިން ރައްކާތެރިވާން ކުރެވުނު ކާމިޔާބު މަސައްކަތްތަކާއި ރައްޔިތުން ދިން އެއްބާރުލުން ނަޒްލާ ފާހަގަކުރެއްވި އެވެ.
ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފެނުނު ވައިރަހާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރަމުން ދަނިކޮށް، މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު، ލައްކައެއްހާ މީހުން މި ބަލީގެ ޝިކާރައަކަށް ވާނެ ކަމަށް ސިއްހީ މާހިރުންނަށް ލަފާކުރެވުނެވެ. އެކަމަކު، އެ ލަފާކުރުންތަކާ ގާތްވެސް ނުކޮށް، އެ ވަރުގެ ޕީކެއް ނައިސް އާ މަރުހަލާތަކެއް ފެށުނީ ރައްޔިތުންގެ އެއްބާރުލުމާ އެކުގައި ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ކުޑަ ޕީކެއް އައިސް ދަށްވެފައި މިއޮތީ. ނިއު ނޯމަލްގައި އަމަލުކުރަން ޖެހޭ ކަންކަން ގިނަ މީހުންނަށް ދިގު މުއްދަތަކަށް ނުހިފެހެއްޓިއްޖިއްޔާ ހަމަ އަލުން ޕީކެއް އައުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި ވެސް އެ މަންޒަރު ފެނެ އެވެ.
ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ނިންމުންތަކާއި ތަފްސީލުތައް ދޭން ކަނޑައެޅި ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒްގެ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން ބޭއްވި އެ މީޑިއާ ބްރީފިންގައި، ނަޒްލާ ހަނދާން ކޮށްދެއްވީ ނިއު ނޯމަލްގެ ތިން ވަނަ މަރުހަލާ ފަށައި، އެންއީއޯސީ އުވައިލިޔަސް ވައިރަހުގެ ބިރު މުޅިން ފިލައިގެން ނުދާ ކަމެވެ. ބަލިން ރައްކާތެރިވެވޭ ގޮތަށް ކަނޑައަޅާފައިވާ ގިނަ އުސޫލުތަކާ ޚިލާފުވެ، އެންމެ ކުރީގެ އާއްމު ހާލަތަށް އަދި ރުޖޫއަވެވެން ނެތް ކަމަށް ވިދާޅުވި އެވެ.
"ކުޑަ ޕީކެއް އައިސް ދަށްވެފައި މިއޮތީ. ނިއު ނޯމަލްގައި އަމަލުކުރަން ޖެހޭ ކަންކަން ގިނަ މީހުންނަށް ދިގު މުއްދަތަކަށް ނުހިފެހެއްޓިއްޖިއްޔާ ހަމަ އަލުން ޕީކެއް އައުމުގެ ފުރުސަތު އޮންނާނެ،" ޑރ. ނަޒްލާ
ނަޒްލާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ އެންމެންގެ ރައްކާތެރިކަމަށްޓަކައި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ ކޮންމެ މީހަކު ވެސް ނިއު ނޯމަލްގެ ގައިޑްލައިންތަކަށް ފުރިހަމަ އަށް ތަބާވުމެވެ. ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ފަރުވާކުޑަ ނުކުރަން ނަޒްލާ އެދިވަޑައިގަތެވެ.
އޭނާ ވިދާޅުވީ، އެކަކުގެ ގައިން އަނެކަކަށް ވައިރަސް ފެތުރުނަ ނުދޭން ގެއިން ނުކުންނަން އަޅާ މާސްކު ރައްޓެހިންނާ ދިމާވުމުން ނަގާލައި، ކޮފީތަކުގައި އެކަކު އަނެކަކާ ދުރުމިން ނުބަހައްޓައި އުޅުމަކީ ނުރައްކަލެކެވެ. މި ނުރައްކަލާ ދިމާލަށް މަޑުމަޑުން މިސްރާބު ޖަހާފާނެ ކަމުގެ ބިރު މިހާރު ފެންނަ ބައެއް ކޭސްތަކުން ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެެވެ.
"އަޅުގަނޑުމެންނަށް މަޑުމަޑުން އެބަ ފާހަގަކުރެވޭ އަނެއްކާވެސް ބަލީގެ އަލާމާތްތައް ހުރެ ވަަރަށް ގިނަ ދުވަސްވާ އިރު ވެސް ބައެއް ފަހަރަށް އޮފީހަށް ނުކުންނަވާފައި އެބަހުރި އަދި ޓެސްޓް ކުރަން އަޅުގަނޑުމެންނަށް ގުޅައި ނުވަތަ ފްލޫ ކްލިނިކަށް ވެސް ވަޑައިގެންފައެއް ނެތް،" ނަޒްލާ ވިދާޅުވި އެވެ.
މިއީ އެހެން މީހުން ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
އެޗުޕީއޭ އިން ވަނީ ނިއު ނޯމަލްގެ އެކި ހިދުމަތްތަކަށް ގައިޑްލައިން ހަދައިފަ އެވެ. ހުރިހާ ރައްޔިތުން ވެސް އެ ގައިޑްލައިންތައް ކިޔައި އަމަލުކުރުމަށް ނަޒްލާ ތަކުރާރުކޮށް އެދިވަޑައިގަތެވެ.
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ހަމަ ސުވާލެއް: މި ފެންނަނީ މާ ބޮޑު ދޫވުމެއް ނޫންތަ؟
ކޮވިޑް-19: އައިޖީއެމްއެޗުގެ ކްލަސްޓާ ބޮޑުވަނީ
މާލެ އަންނަން ހުއްދަ ނަގަންނުޖެހޭ ގޮތަށް ހަމަޖައްސައިފި
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ލުއިތައް އިއުލާންކުރަން ހަމަޖެއްސި ޕްރެސް ކެންސަލްކޮށްފި
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މައްޗަށް
ރަނގަޅުވި ބައެއް މީހުން އާ އުސޫލާ އެއްގޮތަށް ދޫކޮށްފި