20 މެއި 2021
ރާއްޖެ އިން މިއުކޯމައިކޯސިސް ނުވަތަ ލޯ އަނދިރިވާ ބައްޔަށް ޝަައްކުކުރެވޭ މީހަކު ފެނިގެން، ސާމްޕަލް ނަގައި ޓެސްޓް ކުރަން ފޮނުވާފައިވިޔަސް އެ ބައްޔަށް ދޭނެ އެއްވެސް ބޭހެއް ރާއްޖޭގައި ނެތް ކަމަށް ކުޑަކުދިންނަށް ހާއްސަ ޑރ. އަހުމަދު ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ. ރާއްޖެއަށް ބޭސް އެތެރެކުރަމުން އަންނަ އެސްޓީއޯ މެޑިކަލް ސާވިސްގެ ޓްވީޓާ އެކައުންޓް ޓެގްކޮށް، ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކަޅު ފަންގަސް" އަށް ދޭ ބޭސް ރާއްޖޭގައި ނެތުމާ އެކު ބޭސް ގެންނަން ޖެހޭ ކަމަށެވެ. އެކަމަކު އެ ބޭސް އިންްޑިއާގައި ވެސް ވަރަށް ދަތު ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އިން މިއުކޯމައިކޯސިސް ނުވަތަ ލޯ އަނދިރިވާ ބައްޔަށް ޝަައްކުކުރެވޭ މީހަކު ފެނިގެން، ސާމްޕަލް ނަގައި ޓެސްޓް ކުރަން ފޮނުވާފައިވިޔަސް އެ ބައްޔަށް ދޭނެ އެއްވެސް ބޭހެއް ރާއްޖޭގައި ނެތް ކަމަށް ކުޑަކުދިންނަށް ހާއްސަ ޑރ. އަހުމަދު ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ. ރާއްޖެއަށް ބޭސް އެތެރެކުރަމުން އަންނަ އެސްޓީއޯ މެޑިކަލް ސާވިސްގެ ޓްވީޓާ އެކައުންޓް ޓެގްކޮށް، ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކަޅު ފަންގަސް" އަށް ދޭ ބޭސް ރާއްޖޭގައި ނެތުމާ އެކު ބޭސް ގެންނަން ޖެހޭ ކަމަށެވެ. އެކަމަކު އެ ބޭސް އިންްޑިއާގައި ވެސް ވަރަށް ދަތު ކަމަށް ވިދާޅުވި އެވެ.
ޑރ. ފައިސަލް ވިދާޅުވީ ހަކުރުބަލި، ކެންސަރު، ބޯންމެރޯ ހަދާފައިވާ މީހުންނާއި ސުޓެރޮއިޑްފަދަ ބޭހުން ދިފާއީ ނިޒާމު ދަށްނަމަ އެ ބަލި ޖެހުމަށް މަގުފަހިވާ ކަމަށެވެ. އަދި އެ ޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި ނެތަސް، އަލާމާތްތަކަށް ބަލައި ބޭސް ހުރި ނަމަ ފަރުވާކުރެވޭނެ ކަމަށް ވެސް ޑރ. ވިދާޅުވި އެވެ.
ކަޅު ފަންގަސް
— Ahmed Faisal (@Faisalnaifaru) May 20, 2021
ފަންގަހަކުން ޖެހޭ
ނޭވާލާ ނިޒާމާއި ހަންގަނޑުންވަދެ ސައިނަސް، ފުއްޕާމޭ،?، ގޮހޮރު، އާ އެކިގުނަވަންތަކުގައި ފެތުރި އެތަން ހަލާކުކޮށް އެހިސާބު މަރާލާް
އެފެތުރޭތަނެއް ނަގަންވެސްޖެހިދޭ، ލޮލާއި ކަށިގަނޑު#Mucormycosis
⚠️މިބައްޔަށްވުރެ ބޮޑަށް މިހާރު ވިސްނަންވީ ކޮވިޑާމެދު pic.twitter.com/2NcPJsMuga
ބްލެކް ފަންގަސްއާ ގުޅިގެން ޑރ، ފައިސަލް ކުރެއްވި ޓްވީޓެއް--
އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކި މީހެއްގެ ފަރާތުން ބައްޔަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގައި، ޓެސްޓް ކުރަން ފޮނުވިއިރު، އެއީ ކުރިން ކޮވިޑް ޖެހިގެން ރަނގަޅު ވެފައިވާ މީހެއް ކަމަށް ވެ އެވެ. ސާމްޕަލް ޓެސްޓް ކުރަން ފޮނުވާފައިވީ ނަމަވެސް މިހާތަނަށް ޓެސްޓްގެ ނަތީޖާ ނުލިބެ އެވެ. އެހެންވެ، މިއީ ސީދާ އެ ބަލިކަން އަދި ކަށަވަރެއް ނުކުރެވެ ނުވެ އެވެ. މިއީ އާދައިގެ ފަންގަލް އިންފެކްޝަނަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ދުނިޔޭގައި އެންމެ ހަލުވި ސްޕީޑުގައި ކޮވިޑް ފެތުރެމުންދާ އިންޑިއާ އިން ވެސް މިއުކޯމައިކޯސިސް ފެނިފައިވާއިރު އެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަަމަށް ޑޮކްޓަރުން ބުނެ އެވެ. "ބްލެކް ފަންގަސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ބަލި މިހާރު އާއްމުކޮށް ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ބަލިފަސޭހަވަމުން އަންނަ މީހުންނާއި މުޅިން ފަސޭހަވެފައިވާ މީހުންނަށެވެ.
މިއީ އާއްމު ގޮތެއްގައި ބިިންމަތީގަ އާއި ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން ޖެހޭ ވަރަށް މަދުން ފެންނަ، ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. މިއުކޯ މޫލްޑް ނަަމަކަށް ކިޔާ އެ ބާވަތުގެ ފަންގަސް، ސިއްހަތު ރަނގަޅު މީހެއްގެ ނޭފަތުގެ ތެރޭގައި ވެސް ހުރެދާނެ އެވެ.
އަދި އެއީ ވައިގެ ތެރޭގައިި ވެސް އުޅެފާނެ އެއްޗެކެވެ. އެ ފަންގަސް ގެއްލުންދެނީ ސައިނަސް އާއި ސިކުނޑި އާއި ފުއްޕާމެއަށެވެ. އިންޑިއާގެ ލޮލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަކްޝޭ ނައިރު ވިދާޅުވެފައިވާ ގޮތުގައި އެއީ ހަކުރު ބަލީގެ މީހުންނާއި ކެންސަރާއި އެއިޑްސް ފަދަ ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވާ ބައްޔެއްކެވެ. އެ ބަލި ޖެހޭ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވާ، ނުވަތަ މޯޓަލިޓީ ރޭޓް 50 ޕަސެންޓްގައި އުޅޭ ބައްޔެކެވެ.
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ހާލަތު ބިރުވެރި: ހޮސްޕިޓަލްތައް ފުރި ފަރުވާނުދެވިދާނެ!
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ
ފަސް ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތްހަދަނީ
ޗައިނާ މީހާ އަށް ފަރުވާ ދެނީ ޝައްކުވާތީއެއް ނޫން
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް