09 މެއި 2020
އައިޖީއެމްއެޗުގައި ބަލި މީހަކަށް ފަރުވާ ދިނުމުގެ ތެރޭގައި ކޮވިޑް-19 ޖެހި އެއްވެސް ޑޮކްޓަރަކާއި ނަރުހަކު މިހާތަނަށް ޕޮޒިޓިވްވެފައި ނުވިޔަސް އެއް ޑިޕާޓްމެންޓެއްގެ 16 ނަރުހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗުގައި ބަލި މީހަކަށް ފަރުވާ ދިނުމުގެ ތެރޭގައި ކޮވިޑް-19 ޖެހި އެއްވެސް ޑޮކްޓަރަކާއި ނަރުހަކު މިހާތަނަށް ޕޮޒިޓިވްވެފައި ނުވިޔަސް އެއް ޑިޕާޓްމެންޓެއްގެ 16 ނަރުހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި، އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑަށް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ ކަމަށެވެ. އެކަމަކު އެ ދެ މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލްގައި ފަރުވާ ދިނުމުގެ ތެރޭގައި ނޫން ކަމަށާއި އެނގިފައި އޮތް ގޮތުގައި ހޮސްޕިޓަލުން ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒީމް ވިދާޅުވި ގޮތުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ.
ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދާ ބައެއް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގެނީ އޮންނަ އުސޫލްގެ ތެރެއިން، ޓެސްޓް ކުރުމުން ކަން ޑރ. ނަޒީމް ފާހަގަކުރެއްވި އެވެ. އައްޑޫން އެންމެ ފަހުން އައިޖީއެމްއެޗަށް ބަލި މީހަކު ބަދަލުކުރީ ހިތުގެ ބައްޔެއްގައި ފަރުވާ ދޭން ކަމަށާއި އޭނާ އަށް ބަލި ޖެހިފައިވާ ކަން އެނގުނީ ޓެސްޓް ހެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ކުރިން، އެ ހޮސްޕިޓަލުގައި ފަރުވާދިން މާބަނޑު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ. އޭނާ އަށް ފަރުވާ ދިން ގިނަ ނަރުހުންތަކެއް ވެސް އައިސޮލޭޝަނަށް ދާން ޖެހުނެވެ.
މިއަދުގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ނަޒީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އައިޖީއެމްއެޗަށް ގެންދާ ބަލި މީހުންނާ ހަވާލުވާ ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބެނީ ޕީޕީއީގަ އެވެ. އަދި އެކި ލެވެލްތަކެއް ކަނޑައަޅާފައިވާ އިރު އިމަޖެންސީ އަށް ގެންނަ ބަލި މީހުންގެ ގާތަށް ދެވޭނީ ފުލް ކިޓުގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށެވެ.
ނަޒީމް ވިދާޅުވި ގޮތުގައި 16 ނަރުހުން އައިސޮލޭޓްކުރީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ލަފައާ އެކުގަ އެވެ. އެ މީހުން ފަހުން ޓެސްޓްކުރާ އިރު އަދި އަލާމާތްތައް ފެނިގެން ޓެސްޓްކުރާއިރު ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމަށާއި މިއަދާ ހަމައަށް އެކަކު ވެސް ޕޮޒިޓިވް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ލިބޭ ކަމެއް. އެއާއެކު އަޅުގަނޑުމެންގެ ވޯކްފޯސް މަދުވާނެ. އެއް ވޯޑަކުން އެއްފަހަރާ 16 ނަރުހުން ދިއުމަކީ އަޅުގަނޑުމެންނަށް ވެސް ލިބޭނެ ދެރައެއް،" ނަޒީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރަކު ނުބަލަން ކޮވިޑް ފްރީއެކޭ. ކޮވިޑްގެ ޕޮސިބިލިޓީ ވަރަށް ހަމަ ހައި ހޮސްޕިޓަލްތަކުގެ އިމަޖެންސީ ރޫމްތަކުގައި."
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތަކުގެ ވެސް ހާލަތު އޮތީ މިގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީމް ވިދާޅުވީ، އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން އާއިލާތަކާ ވަކިން އެކޮމެޑޭޝަން ވެސް އަންނަނީ ހަމަޖައްސަމުންނެވެ. މިހާތަނަށް 60 މީހަކަށް އެކަން ހަމަޖައްސައިދީފައިވާ ކަން ނަޒީމް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލި 740 އަށް ވުރެން ގިނަ މީހުންނަށް ޖެހިފައިވާ އިރު ޕީކަށް އަރާނެ ކަމަށް ލަފާކުރަނީ މި މަހުގެ 31 ގަ އެވެ. މި މުއްދަތުގައި، ވީހާ ވެސް ގިނަ ނަރުހުން ބޭނުންވާނެތީވެ، މިހާރު ޚިދުމަތާ ދުރުގައި ތިއްބެވި އެކަމަކު އެހީވާން ބޭނުން ނަރުހުން އައިޖީއެމްއެޗަށް ގުޅައިގެން އެކަން ހަމަޖެއްސުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ
"ބްލެކް ފަންގަސް" އަށް ދޭނެ ބޭހެއް ރާއްޖެއަކު ނެތް
ސިއްހީ ހިދުމަތްތެރިން ދޫދިނުމެއް ނެތް: މަބްރޫކް
ބުރަ ޑިއުޓީއަށް ފަހު ވެސް ބަލި މީހުންނާ އެކު
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
ފްރޮންޓްލައިން މުވައްޒަފުންނަށް އެލަވަންސް ދޭން ފަށައިފި
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް
އައިޖީއެމްއެޗުން 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް