01 ފެބުރުއަރީ 2020
ޗައިނާ އިން އައި އުމުރުން 30 އަހަރުގެ މާބަނޑު އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވިގެން ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.
ޗައިނާ އިން އައި އުމުރުން 30 އަހަރުގެ މާބަނޑު އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވިގެން ކަމަށް ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.
ކޮރޯނާވައިރަސްއާ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރުމަށް ރައީސް އޮފީހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމާ ގުޅޭ އިސް އޮފިޝަލަކު ވިދާޅުވީ ފަރުވާދެމުން އަންނަނީ މާބަނޑުވުމާ ގުޅިގެން ކުރިމަތިވި މައްސަލައަކަށް ކަަމަށާއި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވިގެން ނޫން ކަމަށެވެ.
"އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެން މި އަޅަނީ އެއީ ޗައިނާ އިން އައި މީހަކަށް ވާތީ،" އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް އަކީ އަދި އެ ވައިރަހުގެ ހަގީގަތްތައް މާބޮޑަށް އަދި ހޯދިފައި ނުވާ ވައިރަހެކެވެ. އެ ބައްޔަށް ޝައްކުކުރެވޭ މީހެއް ކަމަށް ބަލަނީ ވައިރަސް ފެތުރެން ފެށި ސަރަހައްދަށް ފާއިތުވި 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައި ވުމާ އެކު ބަލީގެ އަލާމާތްތައް ހުންނަ މީހުންނަށެވެ.
އެ ވައިރަސް ރާއްޖޭގައި މިހާރު އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާރްތަކުން އަޑު ފަތުރަމުން ދާ އިރު، ރާއްޖޭން އެބައްޔަށް ޝައްކުވެގެން ޓެސްޓް ކުރަން މިހާތަނަށް ފޮނުވާފައި ވަނީ އެންމެ މީހެކެވެ. އޭނާގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ސިއްހީ މާހިރުންނާއި ހެލްތު މިނިސްޓްރީން ތަކުރާރުކޮށް އިލްތިމާސްކުރަމުން އަންނަނީ ސައްހަ މައުލޫމާތަށް ނޫނީ އިތުބާރު ނުކުރުމަށެވެ.
ކޮރޯނާވައިރަަސް އެރި މީހުންގެ އަދަދު ގާތްގަނޑަކަށް 12،000 އަށް އަރާފައި ވާއިރު ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދު މިހާރު ވަނީ 250 އަށް ވުރެ މަތިވެފަ އެވެ.
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
"ބްލެކް ފަންގަސް" އަށް ދޭނެ ބޭހެއް ރާއްޖެއަކު ނެތް
ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ: ރައީސް
މި މަހު ފަހުކޮޅު ކޭސްތައް މަދުވާން ފަށާނެ: ޝީނާ
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟
ބަލީގެ ނުރައްކާ ކުޑަ ރަށްތަކަށް ލުއިތަކެއް ދެނީ