ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގެ އާންމު ތަންތަނުގައި މާސްކު ނާޅައި އުޅޭ މީހުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން 1،000ރ. ން ޖޫރިމަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.
30 ޖުލައި 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގެ އާންމު ތަންތަނުގައި މާސްކު ނާޅައި އުޅޭ މީހުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން 1،000ރ. ން ޖޫރިމަނާ ކުރަން ސަރުކާރުން ނިންމައިފި އެވެ.
އެ ބަލިން ރައްކާތެރިވުމަށް ތިން މަހެއްހާ ދުވަހަށް މާލެ ސަރަހައްދުގައި އޮތް ލޮކްޑައުން މި މަހުގެ 1 ގައި ލުއިކުރުމާ އެކު، މިދިޔަ ދެ ހަފުތާގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މިއަދުން ފެށިގެން ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެކަން މިވަގުތަށް މަޖުބޫރީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އެކަންޏެވެ. އެހެންވެ، އެއާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރާނީ ވެސް މާލެ ސަރަހައްދުގައި އެކަންޏެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އާންމު ތަންތަނުގައި މާސްކު އަޅައިގެން މީހުން އުޅޭތޯ ފުލުހުން މިރެއިން ފެށިގެން ބަލަމުން ދާނެ ކަމަށެވެ. އެކަމަކު، މާސްކު ނާޅާ މީހުން ޖޫރިމަނާ ކުރަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، އެ ފިޔަވަޅުގެ އިތުރުން، ރޭގަނޑު 11 އިން ފެށިގެން ފަތިހު 5 އާ ދެމެދު ކޮންމެހެން ނުކުންނަން ޖެހިގެން ނުވަތަ ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ ބޭރުގައި އުޅުން ވެސް މިރެއިން ފެށިގެން މަނާވާނެ އެވެ. މިއީ މިހާތަނަށް އޮތް އުސޫލެއް ނަމަވެސް ފުލުހުން މާ ބޮޑަށް ފަހަކަށް އައިސް ބަލަމުން އައި ކަމެއް ނޫނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވާހަކަ ދައްކަވަނީ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮންމެހެން މަޖުބޫރު ވެގެން ނޫން ގޮތަކަށް އެ ގަޑީގައި ބޭރުގައި އުޅޭ މީހުންނަށް ވެސް ދެން ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައިގެން، އޮންލައިންކޮށް މިއަދު ހަވީރު ބޭއްވި ޓާސްކް ފޯހުގެ ބައްދަލުވުމަށް ފަހު ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، އަމިއްލަ މީހާ އާއި އެހެން މީހުންގެ ރައްކަލަކަށްޓަކައި، ބޭރުތެރޭގައި (މާލެ ސަރަހައްދުގައި) އުޅޭއިރު މާސްކު އެޅުން މިހާރު މަޖުބޫރު ކަމަށެވެ.
އެޗްއީއޯސީން ބުނީ، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކެފޭ/ރެސްޓޯރަންޓާއި ފިހާރަތަކާއި ޖިމާއި ސެލޫން ފަދަ ތަންތަނުން އަމަލު ކުރޭތޯ ވެސް ބަލަމުންދާނެ ކަމަށެވެ. އެކަން އިއްޔެ އިން ފެށިގެން އެޗްޕީއޭ އިން ވަނީ ވަރުގަދަކޮށް، އުސޫލާ ޚިލާފުވި ބައެއް ތަންތަން ވަގުތުން ބަންދު ވެސް ކޮށްފަ އެވެ.
ރާއްޖެއިން މިދިޔަ މާޗު 7 ގައި ކޮވިޑް ޖެހުނު ފަހުން މިދިޔަ އަންގާރަ ދުވަހު ވަނީ ރެކޯޑު އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހިފަ އެވެ. އެ ދުވަހު 137 މީހަކަށް ކޮވިޑް ޖެހުނުއިރު ދިވެހިންގެ އަދަދަކީ 92 އެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހުނު ދުވަހެވެ.
ކޮވިޑަށް، މިއަދު ވެސް އިތުރު 152 މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ބަލީގައި އިތުރު މީހަކު މިއަދު މަރުވެފައި ވެ އެވެ. އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް ކޮވިޑް ބަލި އަލަށް ޖެހުނު މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 89 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ފަހެއް އަދި ސްރީ ލަންކާގެ ހަތަރު މީހެކެވެ.
އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު، ރާއްޖެއިން، ކޮވިޑް ޖެހުނު މީހުންގެ އަދަދު 3،719 އަށް އެރީ އެވެ.
އެޗްއީއޯސީގެ މިރޭގެ މީޑިއާ ބްރީފިންގައި، ކޮވިޑްގެ ހާލަތު އަންދާޒާ ކުރައްވާ ގޮތް ތަފްސީލް ކޮށްދެއްވަމުން ޕަބްލިކް ހެލްތު އެކްސްޕާާޓް، ޑރ. ޝީނާ މޫސާ ވިދާޅުވީ އަންނަ މަހު އެވްރެޖްކޮށް 170 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާގެ އަންދާޒާ އިން ދައްކާ ގޮތުގައި މަސް ނިމޭއިރު ޖުމްލަ 2373 މީހުންނަށް ބަލި ޖެހޭނެ އެވެ.
މިހާރު އިއުލާން ކޮށްފައިވާ "ނިއު ނޯމަލް" ގެ ދުވަސްވަރު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާތީ ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފަ އެވެ. އެކަމަކު، ސަރުކާރުގެ ވިސްނުމަކީ މިވަގުތު ދެވަނަ ލޮކްޑައުން އަކަށް ނުގޮސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމެވެ.
އެންމެންގެ ފަހަތުގައި ފުލުހުންނަކަށް ނުހުރެވޭނެ: ނަޒްލާ
މާސްކް ނާޅަައި އުޅުމުން 73 މީހަކު ޖޫރިމަނާކޮށްފި
ގެސްޓު ހައުސް ހުޅުވާ ރަށްރަށުގައި މާސްކު މަޖުބޫރު
ކޮވިޑުގެ ޖޫރިމަނާ މިލިއަނަކަށް ވުރެ މައްޗަށް
މަރުވިފަހުން އައިސޮލޭޝަނަށް ގުޅުމުން މައާފަށް އެދިއްޖެ
ވެންޓިލޭޓަރުތައް ލަސްވަނީ ފުލް ޕޭމަންޓަށް އެދޭތީ
64 ހެލްތު ވޯކަރެއް، 67 ފުލުހަކު ކޮވިޑަށް ޕޮޒިޓިވް
މާސްކް ނާޅައިގެން ފުރަތަމަ ދުވަހު ހަތަރު މީހަކު ޖޫރިމަނާ
މަސް ނިމޭއިރު ޕީކަށް އަރައި 6،000 ޕޮޒިޓިވްވެދާނެ
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ