19 މެއި 2020
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ސިއްހީ އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލުކޮށް، ބަލި ފެތުރުމުގެ ނުރައްކާ ކުޑަކުރި ބައެއް ރަށްތަކަށް ލުއިތަކެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ސިއްހީ އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލުކޮށް، ބަލި ފެތުރުމުގެ ނުރައްކާ ކުޑަކުރި ބައެއް ރަށްތަކަށް ލުއިތަކެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
ބަލިން ރައްކާތެރިވުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މާލެ އާއި ރަށްރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ޕާކުތައް ބަންދުކޮށް ޒަރޫރީ ބޭނުންތަކުގައި ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރާއި ޖަމާއަތުގައި ނަމާދުކުރުން ވެސް އޮތީ ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ.
ބަލި ފެތުރުމުގެ ނުރައްކާ ކުޑަ ނުވަތަ ދަތުރުފަތުރު ހުއްޓުވިތާ 14 ދުވަހަށް ވުރެން ގިނަ ދުވަސްވިއިރު މީހުން އަރައި ނުފައިބާ ރަށްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުން އަންނަނީ ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން އެދެމުންނެވެ.
ބަލި ފެތުރުން ހުއްޓުވަން މިހާރު އަޅަމުން އަންނަ ފިޔަަވަޅުތަކާ ގުޅޭ ގޮތުން ޕީއެސްއެމްގައި މިނިސްޓަރު އަމީން ވިދާޅުވީ ބޭރުން އެއްވެސް މީހަކު ރަށަށް ނާރާތާ މަސް ދުވަސްވީ ރަށްތައް ވެސް އެބަހުރި ކަމަށެވެ. މިފަދަ ރަށްތަކަށް ލުޔެއް ދެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ކަމަށްޓަކައި އަޅުގަނޑުމެން މިހާރު ވެސް އަންނަނީ ވާހަކަ ދައްކަމުން. ކޮންކަމެއްގައިތޯ އެ ރަށެއްގައި ލުއި ދޭވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީން: ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ފުރިހަމަ އަށް އަމަލުކުރި އަދި ބަލީގެ ނުަރައްކާ ކުޑަ ރަށްތަކަށް ލުއި ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި.
މިކަމުގައި ލަސްވުންތަކެއް އުޅެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ދެ ހަފުތާއަކީ ޕޮޒިޓިވް ކޭސްތައް އިތުރުވެ ޕީކަށް އަރާނެ ކަމަށް ލަފާކުރެވިފައި އޮތް ދުވަސްވަރު ކަމަށް ވާތީ އެވެ. ރާއްޖޭގެ ޕްރޮޖެކްޝަންސްތަކުން ދެއްކީ ބަލި ޖެހިފައި ތިބި 6،000 މީހުންނާ އެކު ޕީކަށް އަރާނީ މި މަހުގެ 31 ގައި ކަމަށެވެ. އެކަމަކު މިހާރުގެ ލަފާކުރުންތަކަކީ މި އަދަދަށް މީހުން ޕޮޒިޓިވް ނުވެ ހިނގައިދާނެ އެވެ.
އަމީން ވިދާޅުވީ ބައެއް ރަށްތަކަށް ލުއި ދިނުމުގައި މާ ލަސްތަކެއް ދެން ނުވާނެ ކަމަށެވެ. އެކަމަކު މިގޮތަށް ލުއި ދިނުމަކީ ކުރިއެކޭ އެއްގޮތަށް ރަށުގެ އާއްމު ހާލަތު ބަދަލުކުރެވޭނެ ކަމެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ބަލި ފެތުރުން ހުއްޓުވަން މިހާރު އަޅަމުން އަންނަ ފިޔަަވަޅުތަކާ ގުޅޭ ގޮތުން ޕީއެސްއެމްގައި މިނިސްޓަރު އަމީން ވިދާޅުވީ ބޭރުން އެއްވެސް މީހަކު ރަށަށް ނާރާތާ މަސް ދުވަސްވީ ރަށްތައް ވެސް އެބަހުރި ކަމަށެވެ. މިފަދަ ރަށްތަކަށް ލުޔެއް ދެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ލުއިތައް ދޭ އިރު އެންމެން ވިސްނަން ޖެހޭ އަދި އަމަލުކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުން ފަދަ ކަންކަމުގައި އަޅުގަނޑުމެން ހިފަހައްޓަން ޖެހޭ ހަމަތަކެއް އެބަހުރި،" އަމީން ވިދާޅުވި އެވެ.
މާލެ އިން އެޕްރީލް 15 ގައި ބައްޔަށް ޕޮޒިޓިވް މީހަކު ފެނުނީ ބަލި ފެތުރުނަ ނުދޭން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން ރަށްތަކުގައި ލުއި ދޭ އިރު ވެސް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ތައްޔާރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ލޮކްޑައުން ނިންމާލައި ނިއު ނޯމަލްއަށް ތައްޔާރުތަ؟
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
ޔުނިވާސަލް އިން ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފި
އީދަކީ މިފަހަރު ޗުއްޓީއެއް ކަމަށް ނުނަންގަވާ: އަމީން
ގަމާއި ވިލިނގިލީގެ ކޮވިޑް ފެސިލިޓީ ހުޅުވައިފި
ވެކްސިން އަވަހަށް ލިބޭ ގައުމަކަށް ރާއްޖެެ ވާނެ: އަމީން
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް
ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓޭނެ: އަމީން
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން