Roadha Mihaaru
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން

ސިއްހީ ދާއިރާ އަށް މިދިޔަ 10 އަހަރު ވެސް ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން

13 އޯގަސްޓް 2020

ސިއްހީ ދާއިރާ ކުރިއަރުވަން މިހާރު ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވިއްޖެ ނަމަ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ފާއިތުވެދިޔަ 10 ވަރަަކަށް އަހަރު އައިސްފައި ނުވާ ވަރުގެ ހެޔޮ ބަދަލުތައް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިއްހީ ދާއިރާ ކުރިއަރުވަން މިހާރު ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދެވިއްޖެ ނަމަ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ފާއިތުވެދިޔަ 10 ވަރަަކަށް އަހަރު އައިސްފައި ނުވާ ވަރުގެ ހެޔޮ ބަދަލުތައް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންނަަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ އަތޮޅުތަކުގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށާއި ހޮސްޕިޓަލްތަކުގެ މެނޭޖަރުން މަސައްކަތްކުރަމުންް އަންނަނީ އެގޮތަށް ކަމަށެވެ. އެގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެދެވޭ ނަތީޖާ ފެންނަމުން އަންނަ ކަަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މުޅި ދުނިޔެ އަށް ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ އިރު ވެސް މިހާރު ކަންތައްތައް ހަމަޖައްސަމުން ގެންދެވެނީ އަތޮޅުތަކުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރެވިފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ބައެއް ޑޮކްޓަރުން ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ބައެއް ޑޮކްޓަރުން ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

"އޭގެ ތެރޭގައި ހިންގުމުގެ ގޮތުން ގެނެވުނު ބަދަލުތަކާއި ވަސީލަތުގެ ގޮތުން ކުރެވުނު ކަންތައްތަކާއި އަދި ވިސްނުމުގެ ގޮތުން އަަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުން އަންނަކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑަށް ކަށަވަރުކަން އެބަ އޮތް، މިހާރު ކުރިމަތީގައި މިހިރަ މަސައްކަތްތައް މިގޮތުގައި ކުރިއަށް ގެންދެވިއްޖެ ކަމަށް ވާ ނަމަ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއިންް ފާއިތުވި 10 ވަރަކަށް އަހަރުގެ އައިސްފައި ނުވާ ބަދަލު ފެނިގެންދާނެ،" އަމީން ވިދާޅުވި އެވެ.

"އަދި އެ އަށް ވުރެ ދިގު މާޒީއަކުން އަޅުގަނޑުމެންނަށް ލިބިފައި ނުވާ ކުރިއެރުން އަންނާނެ."

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި އަމީން އަރިހުގައި ހެލްތު މިނިސްޓްރީގެ އިސް އެހެން ބޭފުޅުންނާއި ކޮވިޑް-19 ފެތުރުންް ކޮންޓްރޯލްކުރުމުގެ މަސައްކަތްތަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވަޑައިގަތެވެ.

އަމީނާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވި ޑޮކްޓަރުންތަކެއް އެ ކޮމިޓީގައި ކުރެއްވި ޝަކުވާތަކަކަށް ފަހުގަ އެވެ. އެ ޑޮކްޓަރުން ވަނީ ހެލްތު މިނިސްޓްރީއާ ބެހޭ ގޮތުން ކޮމިޓީގައި ގިނަ ޝަކުވާތަކެއް ކުރައްވައިފަ އެވެ. އެ ޝަކުވާތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ބަޔާނެއް ވެސް ނެރުނެވެ.