އެއްގަމު އުޅަނދުތައް ތާޑް ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
19 އޯގަސްޓް 2020
އެއްގަމު އުޅަނދުތައް ތާޑް ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު ބުނާ ގޮތުން އެއްގަމު އުޅަނދެއް ދުއްވަން ޖެހޭނީ އެކްސިޑެންޓްވެގެން މީހަކަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުމުގެ ބަދަލު ދެވޭ ގޮތަށް ތާޑް ޕާޓީ އިންޝުއަރެންސް ކުރުމަށް ފަހު އެވެ.
ގާނޫނުގެ އެ މާއްދާ އުނިކުރަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެ ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައިވަނީ އުޅަނދުތައް އިންޝުއަރެންސް ކުރިޔަސް، އެކްސިިޑެންޓްތަކުގައި އިންޝުއަރެންސް ނުލިބި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވި ނަމަވެސް އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކަށް ލިބެމުން ދިއުމެވެ.
މީގެ އިތުރުން އެއްގަމު އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރަން ލާޒިމްނުވާ ގޮތަށް ވެސް އެ ގާނޫނަށް އޭނާ ވަނީ އިތުރު އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެ ދެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، މަޖިިލީހުން އިއްޔެ ވެސް ވަނީ ބިލެއް ފާސްކޮށްފަ އެވެ. އެ ބިލުގައި ބައެއް ބާވަތުގެ ޖޫރިމަނާތަކާއި ފިޔަވަޅުތައް ހަރުކަށިކޮށް، އަދި ޖޫރިމަނާ ނުދެއްކޭ ނަމަ މުޖްތަމައުއަށް ޚިދުމަތް ކުރުވަން ލާޒިމް ކުރުވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.
ގަރާޖަކަށް 1،700 ކާރު، މި ވިޔަފާރި ނުހުއްޓުވުނު؟
60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް
އުޅަނދު ގެނައުމުގެ ކުރިން ގަރާޖު ސިޓީ ދައްކަންޖެހޭ!
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން
މާލޭގައި ދުއްވާ ވެހިކަލްތަކުގެ 92 ޕަސެންޓަކީ ސައިކަލް
މުއްދަތު ހަމަވިއިރު ވެހިކަލްތަކުގެ ޒޯން ބަދަލެއް ނުވި
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
މިދިޔަ އަހަރު 15،500 އެއްހާ ސައިކަލް އެތެރެކުރި