ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް މިދިޔަ އޭޕްރީލް މަހު ބަދަލު ކޮށްފައިވާތީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ނަގަން ޖެހޭނެކަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހަނދާކޮށްދީފި އެވެ.
07 ޖުލައި 2025
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް މިދިޔަ އޭޕްރީލް މަހު ބަދަލު ކޮށްފައިވާތީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ހުއްދަ ނަގަން ޖެހޭނެކަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހަނދާކޮށްދީފި އެވެ.
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން އެ މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ އުސޫލެއް ކުރިން ވެސް އޮތެވެ. އެ ހުއްދަ ހޯދުމަށްޓަކައި އުޅަނދުގެ މައުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއް ނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ އަސްލު ހުށަހަޅަންޖެހެ އެވެ.
ނަމަވެސް އެ ގޮތަށް ހަމަޖެއްސުމުން އަމިއްލަ މީހަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ހުކުމަކާ އެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އޮތް އޮތުން މާޗް 16، 2023 ގައި އުވައިލި އެވެ.
ނަމަވެސް އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާ އެކު، ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލް މަހު ގަވާއިދު އިސްލާހުކޮށްފަ އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވައިދަށް ގެނައި ހަ ވަނަ އިސްލާހުގައި ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވާ ރާއްޖެ އެތެރެކުރާ އެހެން ހުރިހާ އުޅަނދެއް މި މަހު 13 އިން ފެށިގެން އެ މިނިސްޓްރީގެ ހުއްދަ ނުހޯދައި ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށެވެ.
ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv އަށެވެ. މިނިސްޓްރީން ބުނިގޮތުގައި، ހުއްދައަށް އެދޭ ފޯމު ޓްރާންސްޕޯޓު މިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ ކަމަށް ބުންޏެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ ހުރިހާ އުޅަނދެއް ރަޖިސްޓަރީ ކުރަން ވެސް ހުއްދަ ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް
އުޅަނދު ގެނައުމުގެ ކުރިން ގަރާޖު ސިޓީ ދައްކަންޖެހޭ!
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ބިޔަ ސްކޭމެއް، އެކަކުގެ ނަމުގައި 100 ވެހިކަލް!
ވެހިކަލް ލިމިޓުކުރަން ގާނޫނަށް އިސްލާހު ގެންނަނީ