Roadha Mihaaru
ރާއްޖޭގެ އިމްޕޯޓް ބޮޑުތަނުން ދަށްވެއްޖެ

ރާއްޖޭގެ އިމްޕޯޓް ބޮޑުތަނުން ދަށްވެއްޖެ

19 އޯގަސްޓް 2020

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ދަށްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ދަށްވެއްޖެ އެވެ.

ކަސްޓަމްސް އިން އިއްޔެ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައ މިދިޔަ މަހު ރާއްޖެއަށް އެތެރެކުރީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 49 ޕަސެންޓުގެ ދަށުވެމެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެ އަށް 3.7 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

އެކަމަކު މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓު ގާތްގަނޑަކަށް އެއްވަރެއްގައި ހުރީ ހިފެހެއްޓެހިފަ އެވެ. އެގޮތުން މިދިޔަ މަހު 203 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވާއިރު މިއީ 2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ދެ ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖޭގެ އިމްޕޯޓު ދަށްވެ އެކްސްޕޯޓު އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 0.6 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު އިމްޕޯޓާއި އެކްސްޕޯޓުން 292 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު މިދިޔަ މަހު ލިބުނީ 293 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރީ އޮމާން އާއި އިންޑިއާ އަދި ޗައިނާ އިންނެވެ. އޮމާން އިން 329 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. އިންޑިއާ އިން 295 މިލިއަން ރުފިޔާ އަދި ޗައިނާ އިން 256 މިލިއަން ރުފިޔާގެ މުދާ ޖުލައި މަހު އެތެރެކޮށްފައިވެ އެވެ.