މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި ތެލުގެ މިންވަރު ފާއިތުވި ދެ މަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި ތެލުގެ މިންވަރު ފާއިތުވި ދެ މަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއަށް މިދިޔަ މަހު ވަނީ 923 މިލިއަން ރުފިޔާގެ ތެޔޮ އިމްޕޯޓުކޮށްފަ އެވެ.
ތެލުގެ އިމްޕޯޓް އަދަދު އިތުރުވި މިންވަރު ވަޒަންކުރާއިރު، ޖޫން މަހު އެ އަދަދު 777 މިލިއަން ރުފިޔާގައި ހުރިއިރު، އޭގެ ކުރީ މަހު އެ އަދަދު ހުރީ 790 މިލިއަން ރުފިޔާގަ އެވެ.
މިއީ މި އަހަރު ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ތެޔޮ އިމްޕޯޓު ކުރި މަހެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އިމްޕޯޓުކޮށްފައިވަނީ ޖެނުއަރީ މަހު އެވެ. އެ މަހު ރާއްޖެއަށް 960 މިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައި ވެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ތެޔޮ ނުހިމަނައި، ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ވަނީ އިމްޕޯޓުކޮށްފަ އެވެ. މިއީ މިދިޔަ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ތެޔޮ ނުހިމަނައި، މިދިޔަ މަހު ރާއްޖެއަށް ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. މިގޮތުން، 859 މިލިއަން ރުފިޔާގެ ކާބޯތަކެތި މިދިޔަ މަހު ރާއްޖެއަށް ވަނީ އެތެރެކޮށްފަ އެވެ.
މިދިޔަ މަހުގެ އެކްސްޕޯޓަށް ބަލާއިރު، ޖުމްލަ އެކްސްޕޯޓުގެ އަގު 210 މިލިއަން ރުފިޔާއަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އޭގެތެރޭގައި އެންމެ ގިނައީ ގަނޑުކުރި ކަޅުބިލަމަހެވެ. މިގޮތުން، 126 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަސް މިދިޔަ މަހު ރާއްޖޭން ވަނީ އެކްސްޕޯޓުކޮށްފަ އެވެ.
މިދިޔަ ޖޫން މަހަށް ވުރެ، މިދިޔަ މަހުގެ ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. މިގޮތުން، ކަސްޓަމްސްއަށް މިދިޔަ މަހު އާމްދަނީގެ ގޮތުގައި ކަސްޓަމްސްއަށް 295 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ރޯދަމަހު އެއް ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރި
އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 357 މިލިއަނަށް
މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް
ޖޫންމަހު އެންމެ ގިނައިން އެތެރެކުރީ އިލެކްޓްރިކް ސާމާނު
އިތުރު ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލައިފި
ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ވެސް ދަށަށް ހިނގައްޖެ
އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ