Roadha Mihaaru
މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

15 މެއި 2022

މިދިޔަ މަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

މިދިޔަ މަހު ރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު މުދާ އެތެރެކުރި ވަރަށް ވުރެ 63 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމުގައި އޮތް އިރު އޭޕްރީލް މަހު އެތެރެކުރީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިދިޔަ މަހު އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ކުރީ އަހަރުގެ އެ މަހާ އަޅާބަލާއިރު 37 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރު 265 މިލިއަން ރުފިޔާ ލިބުނު އިރު 362 މިލިއަން ރުފިޔާ މިދިޔަ އޭޕްރީލް މަހު ލިބުނެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ އޮމާނާއި އިންޑިއާ އާއި ޔޫއޭއީ އާއި މެލޭޝިއާ އަދި ޗައިނާއިންނެވެ.

އޮމާނުން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު އިންޑިއާއިން 655 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. ޔޫއޭއީން 534 ރުފިޔާގެ މުދާ އަދި މެލޭޝިއާއިން 363 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. ޗައިނާއިން އެތެރެކުރީ 350 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ވެސް އެންމެ ގިނައިން އެތެރެކުރީ ކާބޯތަކެއްޗާއި ތެލާއި މެޝިނަރީގެ އެކި ބާވަތްތަކެވެ.