22 އެޕްރީލް 2018
މިދިޔަ މަހު ރާއްޖެ އަށް 4.49 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށް، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 277.7 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މިދިޔަ މަހު ރާއްޖެ އަށް 4.49 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށް، އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 277.7 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މިދިޔަ މާޗް މަހު މުދާ އެތެރެކުރި ވަރު 48 ޕަސެންޓް އަދި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު ވަނީ 60 ޕަސެންޓު އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ މާޗް މަހު އެތެރެކޮށްފައި ވަނީ 3.03 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބުނީ 173.4 މިލިއަން ރުފިޔާ އެވެ.
ރާއްޖެ އަށް މާޗް މަހު އެންމެ ގިނައިން މުދާ އެތެރެކުރީ ޗައިނާ އާއި ޔޫއޭއީ އަދި އިންޑިއާ އިންނެވެ. ރާއްޖޭގައި ބިޔަ ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ ޗައިނާ އިން 28 ޕަސެންޓް މުދާ ގެނައިރު، 15 ޕަސެންޓް މުދާ އެތެރެކުރީ ޔޫއޭއީ އިންނެވެ. ފަހަކަަށް އައިސް ރާއްޖެއާ ގުޅުން ހީނަރުވެފައިވާ އިންޑިއާ އިން އެތެރެކުރީ 11 ޕަސެންޓު މުދަލެވެ.
މިދިޔަ އަހަރުގެ މާޗް މަހު 165.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން ބޭރުކުރި އިރު، އެ އަދަދު މި އަހަރު ވަނީ 246.1 މިލިޔަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ރާއްޖޭން މައިގަނޑު ގޮތެއްގައި ބޭރު ކުރަނީ ކަަނޑު މަހުގެ ބާވަތްތަަކެވެ. އެހެން ކަމުން މި ދުވަސްކޮޅު މަސްވެރިކަން ރަަނގަޅު ވެފައިވާއިރު، މި އަހަރުގެ މާޗް މަހު ވަނީ މިދިޔަ އަހަރަށް ވުރެ 49 ޕަަސެންޓް އިތުރަށް މުދާ ބޭރުކޮށްފަ އެވެ.
ކަަސްޓަމްސް އިން ބުނީ ރާއްޖޭން އެންމެ ގިނައިން މުދާ ބޭރު ކުރީ ތައިލެންޑާއި ޖަރުމަނާއި އިނގިރޭސި ވިލާތަށް ކަމަށެވެ. އެގޮތުން ތައިލެންޑަށް 35 ޕަސެންޓް މުދާ ބޭރު ކުރިއިރު، ޖަރުމަނަށް ބޭރުކުރީ 15 ޕަސެންޓެވެ. އަދި އިނގިރޭސި ވިލާތަށް ބޭރު ކޮށްފައި ވަނީ 10 ޕަސެންޓް މުދަލެވެ.
އިމްޕޯޓް، އެކްސްޕޯޓް އާމްދަނީ 13 ޕަސެންޓް މައްޗަށް
އިމްޕޯޓް މަތިވި އިރު އެކްސްޕޯޓް ދަށްވެފައި!
އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 357 މިލިއަނަށް
ރާއްޖޭގެ އެކްސްޕޯޓް 50 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި
މިދިޔަ މަހުގެ އެކްސްޕޯޓު 60 ޕަސެންޓް ދަށަށް
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް