26 ފެބުރުއަރީ 2024
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި ތަކެތީގެ އަދަދު 30 ޕަސެންޓަށް ދަށްވެފައިވާ އިރު އިމްޕޯޓް ކުރި މުދާ 30 ޕަސެންޓް އިތުރުވެއްޖެ އެވެ.
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި ތަކެތީގެ އަދަދު 30 ޕަސެންޓަށް ދަށްވެފައިވާ އިރު އިމްޕޯޓް ކުރި މުދާ 30 ޕަސެންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރީ 173 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 250 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް 30 ޕަސެންޓުގެ ދަށްވުމެކެވެ.
އެކްސްޕޯޓު ދަށްވި އިރު އިމްޕޯޓު ކުރި އަދަދު ވަނީ 30 ޕަސެންޓަށް އިތުރުވެފަ އެވެ. ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ރާއްޖެ އަށް އެތެރެކުރީ 3.9 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖޭގައި އިމްޕޯޓަށް ވުރެ ރާއްޖޭގެ އެކްސްޕޯޓު އެހާ ބޮޑަށް ދަށްވުމުން ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް އެއް އަހަރުން އަނެއް އަހަރަށް ދަނީ ބޮޑުވަމުންނެވެ. މިދިޔަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް ހުރީ 23 ބިލިއަން ރުފިޔާގަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ އަށް ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ މަހު މި އަދަދު ވަނީ 373 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ މަހު އެންމެ ގިނަ މުދާ ރާއްޖެ އަށް އެތެރެ ކުރީ ޔޫއޭއީ އިންނެވެ. ޔޫއޭއީ އިން 938 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އެވެ. އޮމާން އިން 774 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އިރު އިންޑިއާއިން ވަނީ 700 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. އަދި ޗައިނާ އިން 671 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، ސިންގަޕޫރުން ވަނީ 550 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ.
އިމްޕޯޓް، އެކްސްޕޯޓް އާމްދަނީ 13 ޕަސެންޓް މައްޗަށް
އިމްޕޯޓުން ދައުލަތަށް 277 މިލިއަންގެ އާމްދަނީއެއް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 357 މިލިއަނަށް
ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ
ރާއްޖޭގެ އެކްސްޕޯޓް 50 ޕަސެންޓް އިތުރުވެއްޖެ
އެކްސްޕޯޓް ކޮންޓެއިނާ ފީ އެމްޕީއެލް އިން ކުޑަކޮށްފި
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
އެމްޕީއެލްގެ "ސްޓޭކް ހޯލްޑާ ފޯރަމް" ބާއްވައިފި