Roadha Mihaaru
ރާއްޖޭގެ އެކްސްޕޯޓް 50 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭގެ އެކްސްޕޯޓް 50 ޕަސެންޓް އިތުރުވެއްޖެ

25 އެޕްރީލް 2023

މިދިޔަ މާޗް މަހު ރާއްޖެއިން އެކްސްޕޯޓުކުރި ވަރު 50 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ މާޗް މަހު ރާއްޖެއިން އެކްސްޕޯޓުކުރި ވަރު 50 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން އެގޭ ގޮތުން މާޗް މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 344 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރަށް ވުރެ 116 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލުގެ 66 ޕަސެންޓް ފޮނުވާފައިވަނީ ތައިލެންޑަށެވެ. އޭގެ އިތުރުން އިނގިރޭސިވިލާތާއި ފްރާންސާއި ތުރުކީ ފަދަ ގައުމުތަކަށް ވެސް އެކްސްޕޯޓު ކުރެ އެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރަނީ ގަނޑުކުރި މަހާއި ދަޅުގައި ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތަކެވެ.

މާޗް މަހު ވަނީ ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު އާމްދަނީ ވެސް ތިން ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ މަހު އެކްސްޕޯޓާއި އިމްޕޯޓުން އާމްދަނީގެ ގޮތުގައި 330 މިލިއަން ރުފިޔާ ލިބުނެވެ. އަދި 4.3 ބިލިއަން ރުފިޔާގެ އިމްޕޯޓުކޮށްފައިވެ އެވެ.

ރާއްޖެއަށް މުދާ އެންމެ ގިނައިން އިމްޕޯޓުކުރަނީ ޔޫއޭއީ އާއި އިންޑިއާ އާއި އޮމާން އާއި ސިންގަޕޫރާއި ޗައިނާއިންނެވެ. ޔޫއޭއީ އިން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 696 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.