Roadha Mihaaru
ނިލަންދޫން ދެ މީހަކު ޕޮޒިޓިވް، ރަށް ބަންދުކޮށްފި

ނިލަންދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް، ރަށް ބަންދުކޮށްފި

14 އޯގަސްޓް 2020

ފ. ނިލަންދޫން ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފ. ނިލަންދޫން ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ނިލަންދޫން ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެ ދެ މީހުން ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ތިއްބަ އެވެ. އެހެންވެ، އެ ރަށަށް އަރައިފޭބުން މިވަގުތަށް މަނާ ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ކޮވިޑް-19 އަށް މާލެ އާއި އަތޮޅު ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން މާލޭގައި ވެސް ބޭރަށް ނުކުމެ އުޅުން މަނާކުރާ ވަގުތު އިތުރުކޮށް، ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ.

ނިލަންދޫގެ އިތުރުން ކޮވިޑް ބަލީގެ މީހުން ދެން ފެނިފައި ވަނީ މާލެ ސަރަހައްދު ފިޔަވައި، ހއ. ކެލާ އާއި ހއ. އިހަވަންދު އާއި ހއ. ފިއްލަދު އާއި ހދ. ނާވައިދު އާއި ރ. ހުޅުދުއްފާރާއި ބ. ކަމަދު އާއި ބ. ކުޑަރިކިއްޔާއި ޅ. ހިންނަވަރާއި ނައިފަރާއި ކ. މާފުއްޓާއި ތުލުސްދު އާއި ވ. ފުލިދު އާއި ފުވައްމުލަކާއި އައްޑޫ ހިތަދޫ އަދި ފޭދޫ އެވެ.