ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ ދެ އަހަރު ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ އުވާލައިފި އެވެ.
13 މާޗް 2022
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިތާ ދެ އަހަރު ފަހުން ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ އުވާލައިފި އެވެ.
އެކަން އިއުލާން ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުގަ އެވެ.
ރާއްޖެ އަށް ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ސިއްހީ ނުރައްކަލުގެ ހާލަތު އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވީ މާޗް 12، 2020 ގަ އެވެ.
ސިއްހީ ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާން ކުރައްވަމުން ރައީސް މިރޭ ވިދާޅުވީ، ކޮވިޑްގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ނުކުރާ އެންމެ އާއިލާއެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ. އެ ބަލީގެ ސީދާ އުނދަގޫ ތަހައްމަލުކުރާ އެތައް ބަޔަކު މިހާރު ވެސް ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ބަލީގައި ރާއްޖެ އިން މިހާތަނަށް 297 މީހުން މި ދުނިޔެ ދޫކޮށްފި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ރާއްޖޭގައި ވަރަށް ކުރީކޮޅު އެޅި ކަމަށާއި އޭގެ ނަތީޖާއަކީ އެ ބަލި ކޮންޓްރޯލް ކުރެވޭ ގައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުން ކަަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑްގެ ވަބާގެ ހާލަތަށް އިޖާބަ ދިނުމަށް ރާއްޖެ އިން ވެސް މިހާރު އަމާޒު ހިފާފައި ވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި އެނދުމަތި ކުރަންޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޮވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިއުމަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއް ދެނެގަތުމަށް ގަވައިދުން ޖެނެޓިކް ސީކުއެންސް ޓެސްޓް ހަދާނެ ނިޒާމެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.
ރައީސް ވިދާޅުވީ، ގިނަ ގައުމުތަކުން އަދިވެސް ބަލަނީ ކޮވިޑަކީ ވަބާއެއްގެ ގޮތުގައި ކަމަށާއި އެހެންވެ، ބަލީގެ އާ ވައިރަހެއް އުފެދިއްޖެ ނަމަ އެ ކަމަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަން ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެގޮތުން ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޓެޖީ އާއި އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ހެލްތު އިމަޖެންސީއަށް މަޖިލީހުގެ ހުއްދަ ހޯދަން ފާސްނުވި
އެއްބާރުލުން ދީ، ލޮކްޑައުން ރަނގަޅެއް ނޫން: ރައީސް
ލުއިތަކުން ނަތީޖާ ގޯސް ނަމަ، ކަންކަން މަޖުބޫރުކުރޭ!
ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ، ފިޔަވަޅުތައް ކާމިޔާބު
ރާއްޖެ މިއޮތީ ފުލް ލޮކްޑައުންއެއްގައި: ރައީސް
މަންކީޕޮކްސްއަކީ ސިއްހީ އިމަޖެންސީއެއް: ޑަބްލިއުއެޗްއޯ
ކޮވިޑް-19 އަށް މިއަދު 2،600 މީހުން ޕޮޒިޓިވް
އެންމެންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް