Roadha Mihaaru
އެންމެންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ

90 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ މަހު ފަށަނީ

26 ޖުލައި 2021

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ މަހު ފަށަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މި ޕްރޮގްރާމް ފަށަން ނިންމާފައިވާ ކަން އެ މަނިކުފާނު އިއުލާނު ކުރެއްވީ މިއަދު ފާހަގަކުރާ ރާއްޖޭގެ 56 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ، އެ ޕްރޮގްރާމްގެ ފުރަތަމަ އަމާޒަކީ ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ.

"މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މި ވަގުތު ލިބިފައި ނެތް ވަރަށް މަތިވެރި ނަސީބެއް،" ކޮވިޑް ވެކްސިން ދިނުމުގައި ރާއްޖެ އިން ހޯދަމުން އަންނަ ކާމިޔާބީ ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ނުޖަހައި ތިބި އެންމެންނަށް ވެކްސިން ޖެހޭ ވަރަށް މިހާރު ވަނީ ވެކްސިން ގަނެފަ އެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހުރިހާ ދިވެހިން ހިފުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.

މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރެއްވުން.---ފޮޓޯ: ރައީސް އޮފީސް

މިއަދު ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމާ މުހާތަބު ކުރެއްވުން.---ފޮޓޯ: ރައީސް އޮފީސް

"ކޮވިޑް-19އާ އެކު އަޅުގަނޑުމެންނަށް މި ކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، އަޅުގަނޑުމެންގެ ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް. ހަމައެއާއެކު، ގައުމުގެ އިގްތިސާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި ވިސްނުންތެރިކަމާ އެކު، މަސައްކަތް ފެށުމަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިނިވަން ދުވަސް ފާހަގަ ކުރާއިރު އެއްބައިވަންތަކަން އިސްކުރުން މުހިންމު ކަމަށާއި ކޮވިޑް-19 ބަލިމަޑުކަމުން ދިވެހިން ރައްކާތެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ޕްރޮގްރާމްގެ ފުރަތަމަ އަމާޒަކީ ކޮވިޑް ވެކްސިން ޖަހާ އުމުރުގެ 90 ޕަސެންޓް މީހުންނަށް އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ.

ސަރުކާރުން މަސައްކަތް މި ކުރަނީ، ކޮވިޑް ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައި ވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ ތަރައްގީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް. އޭގެ ތެރެއިން ވެސް މީހުން ބިނާކުރުމާ ގުޅިފައިވާ، ސްޓޫޑެންޓް ލޯނާއި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުން ފަދަ ތައުލީމާ ގުޅޭ ޕްރޮގްރާމްތަކާއި ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އިރާދަކުރެއްވިއްޔާ މެދުކެނޑުމެއް ނެތި އަދިވެސް ކުރިއަށް ގެންދިއުމަށް."

ރާއްޖޭގެ 90 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ޖަހާ ޕްރޮގްރާމެއް ފައްޓަން ސަރުކާރުން ނިންމާފައިވާ އިރު، މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.