Roadha Mihaaru
ރާއްޖެ މިއޮތީ ފުލް ލޮކްޑައުންއެއްގައި: ރައީސް

ރައީސް ވިދާޅުވީ ރާއްޖެ މިއޮތީ އެއްކޮށް ބަންދުކޮށްފައި ކަމަށް

25 މާޗް 2020

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އައުމާ ގުޅިގެން، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ރާއްޖެ މިހާރު ވެސް އޮތީ "ފުލް ލޮކްޑައުން" އެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އައުމާ ގުޅިގެން، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ރާއްޖެ މިހާރު ވެސް އޮތީ "ފުލް ލޮކްޑައުން" އެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބިރުވެރިކަން މުޅި ދުނިޔެ އަށް ކުރިމަތިވި ފަހުން ފުރަތަމަ ފަހަރަށް ބޭއްވެވި މީޑިއާ ބްރީފިންގައި، ރާއްޖެ "ފުލް ލޮކްޑައުން" އަކަށް ދާން ތައްޔާރުވެފައި ވަނީ ކިހާވަރަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ، ރާއްޖެ މިއޮތީ "ފުލް ލޮކްޑައުން އަކަށް ގޮސްފައި" ކަމަށެވެ.

"މި އަށް ވުރެ ބޮޑު ލޮކްޑައުން އަކަށް ދެނެއް ހިއެެއް ނުވޭ އަޅުގަނޑަކަށް ދާނެހެން. ބޭރަކުން މީހަކަށް ނާދެވޭނެ މީގެ 24 ގަޑިއިރު ފަހަކުންނެއް. ރިސޯޓުތަކުގައި ތިބޭ މީހުންނަކަށް އެހެން ރަށްރަށަކަށް ނުދެވޭ،" ކޮވިޑާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މި ވަގުތު [ރާއްޖެ] މި އޮތީ ބުނެވިދާނެ ލޮކްޑައުންއެއްގައޭ. އެކަމަކު އެ ނޫން ގޮތެއް ނެތް އަޅުގަނޑުމެންނަކަށް."

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނި މިހާތަނަށް އަށް މީހަކު ރަނގަޅު ކުރެވިފައިވާއިރު، އެންމެ ގޯސް ހާލަތަކަށް ވެސް ރާއްޖެ އޮތީ ތައްޔާރަށެވެ. ޚާއްސަކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

"މި އަށް ވުރެ ބޮޑު ލޮކްޑައުން އަކަށް ދެނެއް ހިއެެއް ނުވޭ އަޅުގަނޑަކަށް ދާނެހެން. ބޭރަކުން މީހަކަށް ނާދެވޭނެ މީގެ 24 ގަޑިއިރު ފަހަކުންނެއް. ރިސޯޓުތަކުގައި ތިބޭ މީހުންނަކަށް އެހެން ރަށްރަށަކަށް ނުދެވޭ،" ރައީސް

"އެއީ ކަރަންޓު ކަމަށް ވިޔަސް، ފޯނު ކަމަށް ވިޔަސް، ކާބޯތަކެތި ކަމަށް ވިޔަސް އަދި ދަތުރުފަތުރުގެ ޚިދުމަތް ކަމަށް ވިޔަސް ސަރުކާރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނު ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ވިސާގައި ރާއްޖެ އަންނަ އެއްވެސް މީހަކަށް އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ ނާދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރެއްވި އެވެ. މިހާތަނަށް ރާއްޖެ އަންނަ ދިވެހިން ވެސް އައީ 14 ދުވަހުގެ މުއްދަތަށް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަމުންނެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ސަރުކާރުން ވަނީ މި މަހުގެ 12 ން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވެސް މި ހަފުތާ އާއި އަންނަ ހަފުތާގައި ވެސް ބަންދެވެ. މީގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ.