Roadha Mihaaru
ކޮވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު 98 އަށް

ކޮވިޑް-19 ގައި ނިޔާވި މީހުންގެ އަދަދު 98 އަށް

17 މެއި 2021

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ރޭ ނިޔާވެ، އެ ބަލީގައި މިހާތަނަށް ނިޔާވި މީހުންގެ ޖުމުލަ އަދަދި 98 އަށް އަރައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު ރޭ ނިޔާވެ، އެ ބަލީގައި މިހާތަނަށް ނިޔާވި މީހުންގެ ޖުމުލަ އަދަދި 98 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެންމެ ފަހުން އިއްޔެ ނިޔާވީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. އިއްޔެ ރޭ މެންދަމު ވެސް އެ ބަލީގައި މީހަކު ނިޔާވިއިރު، އިއްޔެ ރޭގެ ފަތިހާއި އިއްޔެ މެންދުރު ވެސް ދެ މީހަކު އެ ބަލީގައި ރާއްޖެއިން ނިޔާވި އެވެ.

ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 100 އާ ގާތްކުރާއިރު، މިދިޔަ ދެ ހަފުތާއެއްގެ ތެރޭގައި އެ ބަލީގައި ނިޔާވާ މީހުންގެ އަދަދު ކުރިއަށް ވުރެ ދަނީ ގިނަވަމުންނެވެ. މިދިޔަ ހަފުތާއެއްހާ ދުވަހަށް ބަލާއިރު ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް 4-5 މީހުން ނިޔާވެފައި ވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 44،500 އިން މައްޗަށް ގޮސްފައިވާއިރު، 15،900 އަށް ވުރެ ގިނަ މީހުންނަށް ދަނީި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 262 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.