06 މެއި 2020
ކޮވިޑް-19ގެ ރާއްޖޭގެ ދެ ވަނަ މަރުގެ ގޮތުގައި ބަލާ ބަންގްލަދޭޝްގެ އުމުރުން 33 އަހަރުގެ މީހާއާ ކޮންޓެކްޓްވެފައިވާ 66 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ދެ ވަނަ މަރުގެ ގޮތުގައި ބަލާ ބަންގްލަދޭޝްގެ އުމުރުން 33 އަހަރުގެ މީހާއާ ކޮންޓެކްޓްވެފައިވާ 66 މީހަކު މިހާތަނަށް ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިއަދު މަރުވި މީހާގެ ކޮންޓެކްޓްސް ހޯދަން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ އޭނާއާ ކޮންޓެކްޓް ވެފައިވާ އިތުރު މީހުންތަކެއް އަދި ފެނުން އެކަށީގެންވާ ކަމަށް އަަފްޒަލް ވިދާޅުވި އެވެ.
"އޭނާ އަކީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރާ މީހެކޭ އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 66 މީހަކު އަޑެންޓިފައި ވެފައިވޭ. އެހެން ނަމަވެސް އޭނާގެ ކޮންޓެކްޓް ޓްރޭސިން އަދި ދަނީ ކުރިއަށް،" އަފްޒަލް ވިދާޅުވި އެވެ.
މަރުވި މީހާގެ އުމުރަކީ ޑރ. އަފްޒަލް މިރޭ ވިދާޅުވި ގޮތުގައި 33 އަހަރެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަކީ ކަޅުތުއްކަލާ ކޮށީގައި ތިބޭ ސިފައިންނަށް ކެއްކުމަށް އެ ތަނުގެ ބަދިގޭގައި މަސައްކަތް ކުރާ މީހެކެވެ. ސިފައިންނަށް ކެއުންބުއިމުގެ ކަންކަންކަން ކޭކޭގައި ހަމަޖައްސަނީ ސިފައިންގޭގައި ހަދާފައި އޮންނަ ކުންފުނި ސިފްކޯ އިން ކަމަށް އެނގިފައިވެ އެވެ.
މަރުވި މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފިޓް ޖެހިގެން ސެނެހިޔާ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އެވެ.
މިއަދު މެންދުރު ފަހު ބޭއްވި ޕްރެސް ބްރީފިންއެއްގައި އައިޖީއެމްގެ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓް ޑރ. މުހައްމަދު ފައިޝަމް ވިދާޅުވީ ބިދޭސީ މީހާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭ އަރާފައިވާކަން އެ ހޮސްޕިޓަލުން ހެދި ސީޓީ ސްްކޭނުން ދައްކާ ކަމަށެވެ.
ހަމަ އެ ޕްރެސް ބްރީފިންގައި އައިޖީއެމްއެޗުގެ ޑރ. މޫސާ ހުސައިން ވެސް ވިދާޅުވީ ބިދޭސީ މީހާ މަރުވީ ކޮވިޑް-19 ޖެހި، އެ ބަލި ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވޭނެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. ކޮވިޑްގައި ބަލި ބޮޑުވެ، މީހުންގެ ފުރާނަ އަށް އާންމު ގޮތެއްގައޮ ނުރައްްކާ ވަނީ ނިއުމޯނިއާ އަށް ބަދަލުވެ، އޮކްސިޖަން މަދުވުމުގެ ސަބަބުންނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅުން ހުރި، ލޭ ގަނޑުވެ ސްޓްރޯކް ޖެހުމުގެ ބައެއް ކޭސްތައް އެމެރިކާގައި ރިޕޯޓްކޮށްފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.
ބިދޭސީ މީހާ ކޮވިޑް-19 އަށް ޓެސްޓްކުރީ މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް އަށް ޓެސްޓްކުރުން ކަމަށްވާތީ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 573 އެވެ. އޭގެ ތެރެއިން ދެ މީހަކު މަރުވި އިރު ހަ މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.
މިއަދު މަރުވީ ކޭކޭގައި މަސައްކަތް ކުރާ މީހެއް
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
އިތުރު 101 ކޭސް، ގިނައީ ތޮއްޖެހިގެން އުޅޭ ބިދޭސީން
"ކޮވިޑްގެ ސާޖް ދަށްކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ"
ބަލި އައި ގޮތެއް ނޭޭނގޭ 39 މީހަކު އެބަތިބި:އެޗްޕީއޭ
ދުބާއީގައި އޮތް ފެއާއަކަށް ދިޔަ މީހުން ހޯދަނީ
ބޮޑެތި ކްލަސްޓާތައް ގުޅެނީ ބާޒާރުމައްޗާ: އަފްޒަލް
"އިންޑެކްސް ކޭސް ހޯދުމުގެ ބޭނުމެއް މިހާރަކު ނެތް"
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި