21 އެޕްރީލް 2020
ރާއްޖޭގައި އާއްމުންގެ ތެރެއަށް ކޮވިޑް-19 ފެތުރިފައި މިހާރު މި އޮތީ، އާއްމުންގެ ތެރެއަށް އެ ބަލި އައުމަށް މެދުވެރިވި ބަލި މީހާ (އިންޑެކްސް ކޭސް) ހޯދުމުގެ ފައިދާއެއް ނުކުރާ ވަރަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އާއްމުންގެ ތެރެއަށް ކޮވިޑް-19 ފެތުރިފައި މިހާރު މި އޮތީ، އާއްމުންގެ ތެރެއަށް އެ ބަލި އައުމަށް މެދުވެރިވި ބަލި މީހާ (އިންޑެކްސް ކޭސް) ހޯދުމުގެ ފައިދާއެއް ނުކުރާ ވަރަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ހަވީރު ބޭއްވި މީޑިއާ ބްރީފިން ގައި އެޗްޕީއޭގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، އިންޑެކްސް ކޭސް ހޯދުމަކީ އެހެން ގައުމުތަކުގައި ވެސް ފުރަތަމަ ކޭސް ފެނިގެން އުޅޭ އިރު ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެތައް ބަލީގެ އެތައް ކްލަސްޓާއެއް ފެނުމަށް ފަހު، އިންޑެކްސް ކޭސް ހޯދައި، އެ ކޭހާ ގުޅިގެން އަޅާ ފިޔަވަޅުގެ މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެ ސްޓޭޖުގައި [ގިނަ ކްލަސްޓާތައް ފެންނަ ސްޓޭޖްގައި] ބޮޑަށް ބަލާނީ އެ ފެންނަ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމާއި ދެން އޯވައޯލްކޮށް، ޖެނެރަލްކޮށް އެ އޭރިއާއެއްގައި ،މިސާލަކަށް މާލެ ވިއްޔާ މާލެ އަށް އަޅަން ޖެހޭނީ ކޮން ފިޔަވަޅުތަކެއްތޯ، ބްރޯޑްކޮށް ވިސްނާފައި. އެހެންވީމާ އެ ސްޓޭޖުގައި މިހާރު މި ތިބީ،" އަފްޒަލް ވިދާޅުވި އެވެ.
މާލެ އަށް ބަލި ފެތުރިފައި އޮތްކަން އެނގުނީ މިދިޔަ ބުދަ ދުވަހު އެވެ. މާލޭގެ ފުރަތަމަ ކޭހާ އެކު އިންޑެކްސް ކޭސް ހޯދަން އޭރުއްސުރެ މަސައްކަތް އައީ ކުރަމުންނެވެ. އެޗްޕީއޭ އިން އޭރު ބުނީ އިންޑެކްސް ކޭސް ހޯދައި، އައިސޮލޭޓްކޮށް، ވައިޑް ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ. އެކަމަކު އޭގެ ފަހުން ކޭސްތައް ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް މިހާރު މާލެ އިން 63 ކޭސް ވަނީ ފެނިފަ އެވެ.
"އެހެންވީމާ އެ ސްޓޭޖުގައި [ގިނަ ކްލަސްޓާތައް ފެންނަ ސްޓޭޖްގައި] ބޮޑަށް ބަލާނީ އެ ފެންނަ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމާއި ދެން އޯވައޯލްކޮށް، ޖެނެރަލްކޮށް އެ އޭރިއާއެއްގައި ،މިސާލަކަށް މާލެ ވިއްޔާ މާލެ އަށް އަޅަން ޖެހޭނީ ކޮން ފިޔަވަޅުތަކެއްތޯ، ބްރޯޑްކޮށް ވިސްނާފައި. އެހެންވީމާ އެ ސްޓޭޖުގައި މިހާރު މި ތިބީ،" އަފްޒަލް
މާލެ އިން ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން ދާއިރު، ގޭގެ އަށް ބޭނުންވާ ޒަރޫރީ ތަކެތި ޑެލިވާ ކޮށްދިނުމުގެ ނިޒާމް ފެއިލް ވުމުގެ ސަބަބުން މީހުން ބޭރަށް ނުކުންނާނެ އިންތިޒާމްތަކެއް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ.
ޑރ. އަފްޒަލް ވިދާޅުވީ މާލޭގައި ބަލި ކޮންޓްރޯލްވާން ފަށާނީ ޕީކަށް ދިއުމަށް ފަހުގ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، ބަލިން ރައްކާތެެރި ވުމަށް އޭނާ ތަކުރާރުކޮށް އިރުޝާދު ދެއްވި އެވެ. އެގޮތުން ޒަރޫރީ ބޭނުމަށް ނުކުންނަ އިރު ވެސް މާސްކް އެޅުމަށާއި ފިހާރަތަކުގައި ދުރު ދިރުގައި ތިބުމަށް އޭނާ އިރުޝާދު ދެއްވި އެވެ.
"އަޅުގަނޑުމެންގެ ނަމްބާސް އެބަ ކްލައިމްބް ވޭ. މި ކަހަލަ ސިއުއޭޝަންސްގައި ކުރިއަށް އޮތް ދުވަސްވަރުގައި ހަމަ ޕީކަކަށް ގޮސްފައި ކަމަށް އަޅުގަނޑަށް ފެންނަނީ އިތުރަށް ރަނގަޅު ވުުމުގެ ހާލަތަކަށް އަންނާނީ،" އޭނާ ވިދާޅުވި އެވެ.
ބޮޑެތި ކްލަސްޓާތައް ގުޅެނީ ބާޒާރުމައްޗާ: އަފްޒަލް
ފްރޮންޓްލައިން ކޮވިޑް ކޭސްތައް ގިނައީ އެއާޕޯޓުގައި
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
"ކޮވިޑްގެ ސާޖް ދަށްކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ"
މަރުވި ބިދޭސީ މީހާގެ 66 ކޮންޓެކްޓެއް ހޯދައިފި
ބަލި އައި ގޮތެއް ނޭޭނގޭ 39 މީހަކު އެބަތިބި:އެޗްޕީއޭ
ދުބާއީގައި އޮތް ފެއާއަކަށް ދިޔަ މީހުން ހޯދަނީ
ކޮވިޑަކީ ސިޔާސީކަމެއް ނޫން: އެޗްޕީއޭ
ނުގެންދެވި ތިބި ގިނަ މީހުންނަކީ ދާން ދެކޮޅުހެދި މީހުން
އެޗްޕީއޭގެ އިރުޝާދަށް އަމަލުނުކުރާ ނަމަ އަންގަން އެދެފި