13 އޯގަސްޓް 2020
ލިޒްބަން (އޮގަސްޓް 13) - ފަހު ވަގުތު ވައްދާލި ދެ ގޯލާ އެކު 2-1 އިން، ހިތްދަތި ގޮތަކަށް އެޓަލަންޓާ ބަލިކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން، 25 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.
ލިޒްބަން (އޮގަސްޓް 13) - ފަހު ވަގުތު ވައްދާލި ދެ ގޯލާ އެކު 2-1 އިން، ހިތްދަތި ގޮތަކަށް އެޓަލަންޓާ ބަލިކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން، 25 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.
ކޮވިޑް-19ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން އެއް ލެގުގެ އުސޫލުން ހުރިހާ މެޗެއް ކުރިއަށްގެންދަނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މެޗުތައް ކުޅޭ ގޮތަށް ޔުއެފާ އިން ނިންމި އެންމެ ބޮޑު ސަބަބަކީ ކޮވިޑް-19 ފެތުރިފައިވާތީ ދަތުރުފަތުރުކޮށްގެން ކުރިން މެޗުތައް ކުޅޭ ގޮތަށް ކުރިއަށް ދެވެން ނެތުމުންނެވެ.
ރޭގެ މެޗުން މޮޅުވުމާ އެކު ޕީއެސްޖީ އަށް ވަނީ 1995 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ލިބިފަ އެވެ. އެ ފަހަރު ސެމީގައި ޕީއެސްޖީ ބަލިވީ މިލާން އަތުން 3-0 އިންނެވެ. މި ފަހަރުގެ ސެމީގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭނީ މިރޭ އެތުލެޓިކޯ މެޑްރިޑާއި އާރްބީ ލައިޕްޒިގް ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ވާދަކޮށް އެޓަލަންޓާ އިން ވަނީ މި ފަހަރުގެ މުބާރާތުގައި ތަފާތު ރޫހެއްގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ރޭގެ މެޗުގެ 89 ވަނަ މިނިޓާ ހަމައަށް އެޓަލަންޓާ އޮތީ ކުރީގަ އެވެ. އެއީ މެޗުގެ 26 ވަނަ މިނިޓްގައި މާރިއޯ ޕަސަލިޗް ވައްދާލި ގޯލުން ކުރީގައި އޮވެގެންނެވެ.
ޕީއެސްޖީ އަށް ރޭގެ މެޗުގައި ލީޑުނަގައިދޭން ނޭމާ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން ވެސް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅެވުނު އެންހެލް ޑި މާރިއާގެ ބަދަލުގައި އެ މަގާމަށް ކުޅުނު ޕަބްލޯ ސަރާބިއާ އާއި އެންމެ ކުރިއަށް ކުޅުނު މައުރޯ އިކާޑީ އަށް ވެސް ލިބުނު އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ ފަހު 30 މިނިޓަށް ޕީއެސްޖީން ވަނީ ކީލިއަން އެމްބާޕޭ ކުޅެން އަރުވައިފަ އެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވެ އެމްބާޕޭ ރޭގެ މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެމްބާޕޭ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ އެޓަލަންޓާ ގޯލުގައި ހުރި ކީޕަރު މާރިއޯ ސްޕޯޓިއޭލޯ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތު ލީޑު ސަލާމަތްކުރުމުގެ ގޮތުން އެޓަލަންޓާ އިން ގިނަ ބަދަލުތަކެއް ގެނެސް ޑިފެންސަށް ވިސްނަން ފެށި އެވެ. އެކަމަކު ޕީއެސްޖީން ލަނޑު ޖަހަން ކުރި މަސައްކަތް ހުއްޓާނުލައި ކުރިއަށް ދިއުމުގެ ނަތީޖާ އަކަށްވީ މެޗުގެ 89 ވަނަ މިނިޓްގައި މާކުއީނިއޯސް ވައްދާލި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަ ވުމެވެ. އޭނާ މި ލަނޑު ޖެހީ ނޭމާ ޖެހި ބޯޅައެއް އެޓަލަންޓާ ކުޅުންތެރިއެއް ފައިގައި ޖެހިފައި ލިބުނު ވަގުތު އެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޕީއެސްޖީ މޮޅުވި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޗޮޕޫ-މޯޓިން އެވެ. މިއީ ނޭމާ ހުސްކޮށްލާފައި ދިން ބޯޅައެއްގައި އޭރިއާތެރެއިން އެމްބާޕޭ ތަނަވަސްކުރި ފުރުސަތަކުން ޗޮޕޫ-މޯޓިން ޖެހި ގޯލެކެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނޭމާ ބުނީ ޓީމު އެކުވެގެން މޮޅުވާން މަސައްކަތްކުރި ގޮތުން އޭނާ އަށް މި މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އެޓަލަންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ބުނީ މި މެޗުން ބަލިވި ކަމުގައި ވިޔަސް އޭނާގެ ޓީމު ކުރިއަށްދާނީ އިސް އުފުލައިގެން ކަމަށާއި ހަގީގަތުގައި ފުރަތަމަ ފަހަރަށް މި މުބާރާތުގައި ވާދަކޮށް މިހާ ހިސާބަށް ދެވުމަކީ ވެސް ކުރިއެރުމެއް ކަމަށެވެ. އަދި ޕީއެސްޖީ މެޗުން ބަލިވުމަކީ ފިލާވަޅެއްގެ ގޮތުގައި ނަގައިގެން ކުރިއަށްދިއުމުގެ ވިސްނުން ގެންގުޅެން ކުޅުންތެރިންނަށް ވެސް ބުނެދޭނެ ކަމަށް ގެސްޕަރީނީ ބުންޏެވެ.
"އެމްބާޕޭ ފެންނާނެ، ޕީއެސްޖީ އަކީ ފޭވަރިޓެއް ނޫން"
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
މަރުގެ ގުރޫޕުން ނިއުކާސަލް ސަލާމަތެއް ނުވި