Roadha Mihaaru

މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކައިން ވެސް ނިންމައިފި

ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދޭ ފެނަކައިން ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓުގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.

ފެނަކައިން ވެސް 40 ޕަސެންޓު ޑިސްކައުންޓު ދެނީ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

04 ޖުލައި 2020

ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދޭ ފެނަކައިން ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓުގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.

މިދިޔަ ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވެ، ޝަކުވާ ބޮޑުވުމުން ސްޓެލްކޯ އިން ވެސް ވަނީ ބިލްތަކަށް 40 ޕަސެންޓު ސަބްސިޑީ ދޭން ނިންމައިފަ އެވެ.

ޑިސްކައުންޓް ދޭން ނިންމިކަން ފެނަކައިން އިއުލާން ކުރުން

ފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވި ސަބަަބުތައްް ހާމަކޮށް، ލުއިތަކެއް ދޭނެކަން ސްޓެލްކޯ އިން އިއުލާނު ކުރީ ޖޫން މަހުގެ ބިލް އަދާޔާ ހިލާފަށް ބޮޑުކަމަށް ބުނެ އާއްމުންގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.

ބިލްތަކަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ.