މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް އާއްމު ރޭޓުން ބިލްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
08 ސެޕްޓެމްބަރ 2025
މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ކައުންސިލްތަކަށް އާއްމު ރޭޓުން ބިލްކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މީގެކުރިން މަގުބައްތި އާއި ޕާކުތައް އަދި އާންމު މައިދާންތަކުގައި ކަރަންޓަށް ބިލްކުރަމުން އައީ ގަވަމެންޓު ރޭޓުގަ އެވެ. އެ ރޭޓުތައް ފެށެނީ 100 ޔުނިޓަށް 4.50ރ. އިންނެވެ. ޔުނިޓް ބޮޑުވާ ވަރަކަށް ރުފިޔާގެ އަދަދު އިތުރުވެ އެވެ. މި ރޭޓުގައި 600 ޔުނިޓަށް 7.50ރ. ނަގަ އެވެ.
ޑޮމެސްޓިކް ރޭޓުތައް ފެށެނީ 100 ޔުނިޓަށް 1.25ރ. އިންނެވެ. މި ރޭޓުން 600 ޔުނިޓަށް ބޮޑުވެގެން އަރަނީ 3.83ރ. އެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލަން ކައުންސިލްތަކަށް ފެނަކަ އާއި ސްޓެލްކޯއިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން،ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން. ނަތީޖާއެއްގެ ގޮތުން…
— Dr Mohamed Muizzu (@MMuizzu) September 8, 2025
ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް ވެސް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ގޮތަށް މިދިޔަ އަހަރު ހަމަޖައްސަވައިފަ އެވެ.
ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
ކަރަންޓުގެ ޓެރިފް ރޭޓު ދަށްކުރަނީ
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
"ބޯޅަ އޮތީ ކައުންސިލް ކޯޓުގައި، ކަންކަން ކުރަންވީ"
ބޮޑުފޮޅުދޫން އެދުނީ ކައުންސިލްތަކަށް ދަތި ނުކުރުމަށް
"އިސްލާހު ގެނައީ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާތީ"
ރައީސް ބ. އަތޮޅަށް
މޭ މަހުގެ ބިލް ވެސް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި