27 ފެބުރުއަރީ 2024
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ކަރަންޓު ބިލު އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ކަރަންޓު ބިލު އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.
މި ބަދަލު ގެންނަވާކަން ރައީސް އިއުލާންކުރެއްވީ ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ މި ރަށުގައި ބޭއްވި ޖަލްސާގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދައިފައި އޮތް ގޮތުން ކައުންސިލްތަކަށް ބަޖެޓުން ފައިސާ ލިބެނީ އާބާދީއަށް ބަލައި އެކި ރަށްތަކަށް އެކި ވަރަށް ކަމަށެވެ. އެހެން އޮތުމުން ބައެއް ރަށްތަކަށް ވަރަށް ކުޑަ ބަޖެޓެއް ލިބުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ކައުންސިލްތަކުން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ލިބޭ ފައިސާއިން އެބަޖެހޭ ހުރިހާ ރަށެއްގައި ކަރަންޓު ބިލުތައް ދައްކަން. މަގުބައްތި ދިއްލަން، އެއަށް ވެސް ކަރަންޓު ބިލު ދައްކަން ޖެހޭ. މިސްކިތްތަކަށް ކަރަންޓު ބިލު ދައްކަން ޖެހޭ. މިހެން ގޮސް ޕަބްލިކް ހުރިހާ ތަނަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކުން އެ ހުރިހާ ބިލެއް ދައްކާއިރު ރޭޓަކަށް ކަނޑައަޅާފައި އޮންނަނީ ގަވަމެންޓް ރޭޓުގައި އަގުބޮޑުކޮށެވެ. މި މައްސަލަ ހައްލުކުރަން ސްޓެލްކޯ އާއި ފެނަކައިގެ ވެރިންނާ މަޝްވަރާކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި، މި އަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް ކުރަން ޖެހޭ ހަރަދުގެ ތެރެއިން މާލެ ހިމެނޭ ގޮތަށް ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓަށް ބިލު ކުރާނީ ޑޮމެސްޓިކް ރޭޓުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް
މި ނިންމުމާ އެކު ކައުންސިލްތަކުން ކަރަންޓަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ބަދަލު ގެނައުމުން ސްޓެލްކޯ އާއި ފެނަކައިގެ އާމްދަނީ އަށް އަސަރު ކުރި ނަމަވެސް، އެ ކުންފުނިތަކަށް ގެއްލޭ އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ސިޓީ އަދި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެ އިދާރާތަކަށް ފަސޭހަވާނެ ގޮތަށް ކަމަށެވެ. ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ބާރުވެރިކުރުވުމަށް އިސްކަންދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
ކުޅުދުއްފުށިން އަނެއްކާ ވެސް ކަރަންޓު ކަނޑަނީ
ކުރިން ބިލް ދެއްކި މީހުންނަށް އަންނަ މަހު ޑިސްކައުންޓް
ކުޅުދުއްފުށިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ!
ކުޅުދުއްފުއްޓަށް މިއަދު ކަރަންޓް ދޭނެ: ފެނަކަ
ކުޅުދުއްފުށީގެ ކަރަންޓު ބިލުތަކުން 50% ޑިސްކައުންޓް
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
ސްޓެލްކޯއިން ފެނަކަ އަށް ފަންނީ އެހީ ދެނީ
ކަރަންޓު ބިލް ގުޑުވާލުން: ވުމަށްވުރެ ނުވުން ގާތް!
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ