Roadha Mihaaru

10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!

ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ވަރަށް އައްޑު އާއި ފުވައްމުލަކުގެ ކަރަންޓުގެ ކެޕޭސިޓީ މަތިކުރުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!

ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ވަރަށް އައްޑު އާއި ފުވައްމުލަކުގެ ކަރަންޓުގެ ކެޕޭސިޓީ މަތިކުރުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހެނދުނު 10 އިން ފެށިގެން ރައީސް އޮފީހުގައި އަދިވެސް ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް އޮތް ހަ މަސް ތެރޭގައި ނިންމާނެ ކަމަށާއި ބަޖެޓުގެ ތެރެއިން މިހާރު ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"އޭގެ ސަބަބުން ގެއްލުމެއް ނުވާނެ. ޓޫރިޒަމް ވެސް އެބައާދޭ. ބޮޑު އެއާޕޯޓެއް ވެސް [އައްޑޫގައި] އެބަ ހުޅުވޭ. އެ ހުރިހާ ކަމަކަށް ބަލާފައި އިތުރަށް ލާފައި އަޅުގަނޑުމެން މި ނިންމަނީ،" ރައީސް ވިދާޅުވި އެވެ.

އައްޑޫގައި ބޭނުންކުރާ ޖަނެރޭޓަރުތައް ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ރަނގޅަށް ސާވިސް ނުކޮށް ހުރުމުން، އެ ސިޓީގެ ކަރަންޓުގެ ހާލަތު މިދިޔަ ރޯދަމަހު ވަރަށް ބޮޑަށް ގޯސްވި އެވެ. ގިނަ ވަގުތުތަކުގައި ކަރަންޓު ކަނޑާލަން ޖެހުމުން އެ މައްސަލަ ހައްލުކުރީ އިތުރު ޖަނެރޭޓަރުތައް ގަނެގެންނެވެ.

މަރާމާތު ކިޔާ އެއްޗެއް ގަބޫލު ނުކުރާހެން ހީވަނީ ކުރީގައި އުޅުނު ފަރާތްތައް. އެހެންވީމާ އަޅުގަނޑުމެން މި ޖެހެނީ މަރާމާތު ކޮށްދީގެން އުޅެން. ވަރަށް ހާލުގައި ގިނަ ތަންތަން ހުރީ،"---ރައީސް

ރައީސް މުއިއްޒު ވިދާޅުވީ، ނޮވެމްބަރު 17، 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ އިންޖީނުގެތައް ހުރީ "ބްރޭކްޑައުން ވެފައި" ކަމަށެވެ.

"މަރާމާތު ކިޔާ އެއްޗެއް ގަބޫލު ނުކުރާހެން ހީވަނީ ކުރީގައި އުޅުނު ފަރާތްތައް. އެހެންވީމާ އަޅުގަނޑުމެން މި ޖެހެނީ މަރާމާތު ކޮށްދީގެން އުޅެން. ވަރަށް ހާލުގައި ގިނަ ތަންތަން ހުރީ،" ރައީސް ވިދާޅުވި އެވެ.

ތަފާސްހިސާބުތަކުގެ އަލީގައި އެ މަނިކުފާނު ވިދާޅުވީ، އާ 77 ޖަނެރޭޓަރު ގެނެސްފައިވާ ކަމަށެވެ. އަދި 300 ޖަނެރޭޓަރު މަރާމާތު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ދެން ގްރިޑް އަޕްގްރޭޑުކޮށް ނިންމައިފިން 15 ރަށެއްގައި. މިއީ މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ކުރި މަސައްކަތް. މިއީ ކުރިން ދޫކޮށްލާފައި ހުރި ކަންކަން. އަދި ރޯދަމަސް އައީމާ މީގެ ކަންބޮޑުވުން ރައްޔިތުންނަށް އޮންނަނީ، އެ ރަށެއްގެ ޕަވާ އިޝޫގެ ސީރިއަސް ކަމުގެ ސަބަބުން. މިއީ ކޮންޓިނުއަސް ޕްރޮސެސްއެއް،" ރައީސް ވިދާޅުވި އެވެ.