ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލަ އެ ކައުންސިލުން ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
04 ޖޫން 2025
ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލަ އެ ކައުންސިލުން ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިއީ މިފަދަ ދައުވާއެއް ކައުންސިލަކުން އުފުލަން ނިންމި ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ކައުންސިލުން ފޯރުކޮށްްދޭން ވާނެ ކަމަށް ބަޔާންކޮށް، އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާ ނަމަ އެ ތިންވަނަ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަން ޖެހެ އެވެ.
ނަމަވެސް، ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާ އެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން އެދިގެން ވެސް އެ ކުންފުނީގެ ފަރާތުން އެ ކަމަށް އެއްބާރުލުން ލިބިފައެއް ނުވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ. އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ކުޅުދުއްފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކައުންސިލަކީ ވަކި ގާނޫނީ ޝަޚްސެއްކަމާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމާއި ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވާލުމަށް ކައުންސިލުން ބޭނުންވާ ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް ޖޫން 3، 2024 ގައި ސިޓީއެއް ފޮނުވި ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ފެނަކައާ ދެމެދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުން ވަނީ ފެނަކައާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައި
އެ ސިޓީގެ ޖަވާބުގައި ފެނަކައިން ބުނެފައިވަނީ ތިންވަނަ ފަރާތަކުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ނަމަ ކައުންސިލާ އެކު އެއްބަސްވުމެއް ހެދުމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ފެނަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަށެވެ.
ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލަކާ އެކު އެއްބަސްވުން ހެދިފައި ނުވުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމުގައި ބުނެ ކައުންސިލުން ފެނަކައަށް އިތުރު ސިޓީއެއް ފޮނުވި އެވެ.
އެކަމަކު، މިއަދާ ހަމައަށް ވެސް އެ ސިޓީގެ ޖަވާބެއް ފެނަކައިން ދީފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެހެންވެ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރު ކުރުމަށްޓަކައި، ފެނަކައާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހަޅަން ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
ކުޅުދުއްފުށިން އަނެއްކާ ވެސް ކަރަންޓު ކަނޑަނީ
ކުޅުދުއްފުއްޓަށް މިއަދު ކަރަންޓް ދޭނެ: ފެނަކަ
ކުޅުދުއްފުށީގެ ކަރަންޓު ބިލުތަކުން 50% ޑިސްކައުންޓް
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
ކަރަންޓުގެ ޓެރިފް ރޭޓު ދަށްކުރަނީ
ފެނަކަ ކަރަންޓު ބިލް ވެސް އެއްވަރުވީ ޑިސްކައުންޓުން
10 އަހަރަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ އައްޑޫ، ފުވައްމުލަކުގައި ގާއިމްކުރަނީ!
ކެންދޫގެ ކަރަންޓު މައްސަލަ ހައްލުކުރަން އާ ޖަނަރޭޓަރެއް
ކެންދޫގެ ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ