ހދ. ކުޅުދުއްފުށީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން މިއަދު ނިންމައިފި އެވެ.
08 އެޕްރީލް 2024
ހދ. ކުޅުދުއްފުށީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން މިއަދު ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ގިނަ ގޮންޖެހުންތަކެއް އާންމުންނަށް ކުރިމަތިވުމުން އެ ކުންފުނިން އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިހާރު ވެސް 800 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންދެވި އިންސްޓޯލްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް ނިމުމުން މި މައްސަލަ އަށް ވަގުތީ ހައްލެއް ލިބޭނެ އެވެ.
މި ރޯދަމަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން އާންމުން އުފުލަން ޖެހުނު ތަކުލީފުތަކަކީ އެ ކުންފުނިން ކަންބޮޑުވެ، ހިތާމަކުރާ ކަމަކަށް ވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުން ދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް ހަތް ޖަނަރޭޓަރު ބޭނުންކުރެ އެވެ. ނަމަވެސް ހޫނު ގަދަވުމުގެ ސަބަބުން ލޯޑް ނުހިފެހެއްޓި، އެ ރަށުގައި ހުރި ޖަނަރޭޓަރުތަކުން ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކެއްގައި ޖެހެނީ ރަށުން ކަރަންޓު ކަނޑާށެވެ. އެކަމާ އެ ރަށު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ ރަށުގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބޭނުންވަނީ 1.2 މެގަވޮޓުގެ ޖަނަރޭޓަރެއް ކަމަށާއި އެ ގަތުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށް ފެނަކަ އިން ކުރިން ބުނެފައިވެ އެވެ.
ފެނަކައާ ދެކޮޅަށް ކުޅުދުއްފުށީ ކައުންސިލުން ދައުވާކުރަނީ
ކުޅުދުއްފުށިން އަނެއްކާ ވެސް ކަރަންޓު ކަނޑަނީ
ކުޅުދުއްފުއްޓަށް މިއަދު ކަރަންޓް ދޭނެ: ފެނަކަ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން އެދިއްޖެ
އައްޑޫން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކުރަން އުޅުމުން
އައްޑޫ ގެންގުޅެނީ ދެވަނަ ދަރަޖައިގައި: މޭޔަރު
މައްސަލަ ހައްލުކޮށް އައްޑޫގެ ބޮޑު ބަޔަކަށް ކަރަންޓްދީފި
ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
ކަރަންޓުގެ ޓެރިފް ރޭޓު ދަށްކުރަނީ