08 ޖެނުއަރީ 2025
ރަށްރަށުގެ ކަރަންޓު ކެނޑެން ދިމާވާ މައްސަލަތައް، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރަށްރަށުގެ ކަރަންޓު ކެނޑެން ދިމާވާ މައްސަލަތައް، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ގއ. އާއި ގދ. ގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވިގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ރަށްރަށުގައި ހުރި ފެނަކައިގެ އިންޖީނުގެތަކަށް ހުރީ ބަދަލުތައް ގެންނަން ޖެހިފަ އެވެ.
އެހެންވެ، ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު ބޮޑު ހޭދައެއް ކުރިއަސް، އެކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، ކުރިއަށް ރޯދަމަސް އޮތުމާ އެކު، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ރަށްރަށަށް މި މުއްދަތުގެ ތެރޭގައި ބަދަލުތައް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ފެނަކަ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅި، އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި، އެންމެ ރަށެއް ވެސް މި މައްސަލަ އޮތް ރަށެއް ވިއްޔާ ހިމެނޭ ގޮތަށް، އެންމެ ރަށެއް ވެސް ދޫކޮށް ނުލައި ހުރިހާ ރަށެއްގައި ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރުމަަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ، އިންސްޓޯލްކޮށް ނިންމަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލުކުރަން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ރަމަޟާން މަހު ތި ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން އެކަން ތި ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް އެކަން ކޮށްދެވޭތޯ." ރައީސް ވިދާޅުވި އެވެ.
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
ކުރިން ބިލް ދެއްކި މީހުންނަށް އަންނަ މަހު ޑިސްކައުންޓް
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
ސްޓެލްކޯއިން ފެނަކަ އަށް ފަންނީ އެހީ ދެނީ
ކަރަންޓު ބިލް ގުޑުވާލުން: ވުމަށްވުރެ ނުވުން ގާތް!
ކަރަންޓު އަގު ހެޔޮކުރަން ޓެރިފް ރޭޓް އެއްހަމަކުރަނީ
ކަރަންޓުގެ ޓެރިފް ރޭޓުތައް ޒަމާނަކަށް ނުފެތޭ!
ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސްދުވަސް ދީފި
މި މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ: ސްޓެލްކޯ