ނިމިދިޔަ ރޯދަ މަހުގެ ބާކީގެ ބައިގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމުގެ ކުރިން ބިލްތައް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.
04 މެއި 2024
ނިމިދިޔަ ރޯދަ މަހުގެ ބާކީގެ ބައިގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމުމުގެ ކުރިން ބިލްތައް ދެއްކި ފަރާތްތަކަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދޭނެ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.
ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެން ބިލު ދެ ބިލަކަށް ބެހިގެން ދިޔައިރު، މިމަހު ލިބުނު ބިލަށް ޑިސްކައުންޓް ނުލިބޭތީ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ސަރުކާރުން ނިންމީ އެ ބިލަށް ވެސް ޑިސްކައުންޓް ދިނުމަށެވެ.
އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހްމީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމުމުގެ ކުރިން ބިލް ދެއްކި ފަރާތްތަކުގެ އަންނަ މަހުގެ ބިލުން އެ ފައިސާ އުނިކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @MMuizzu ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް…
— Hussain Fahmy (@u09HussainFahmy) May 4, 2024
ފަހްމީ ވިދާޅުވީ ރޯދަ މަހުގެ ދުވަސްތައް ހިމެނޭހެން އޭޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު ރޯދަ މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓް ހިމެނުމަށް ފަހު، މިރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
"ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހުމީ ވިިދާޅުވި އެވެ.
ކުރިން ފަހުމީ ވިދާޅުވި ގޮތުގައި ސްޓެލްކޯ އިން ވަނީ 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ރޯދަ މަހު ދީފަ އެވެ.
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
ރޯދަ މަހުގެ ކަރަންޓް ބިލުން ވެސް ޑިސްކައުންޓް ދެނީ
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
މިސްކިތްތަކުގެ ކަރަންޓް ބިލް ކުޑަކުރަނީ
އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ ބުރާސްފަތީގައި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލަނީ!
ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަނީ
ރޯދަމަހު ބިލް ބޮޑުވީ ޔޫސޭޖް މަތިވުމާއި ހޫނު ގަދަވުމުން
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން