މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ސީއީއޯއަކު ހޯދަން އާންމުކޮށް އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
25 ޖޫން 2020
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ސީއީއޯއަކު ހޯދަން އާންމުކޮށް އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ސީއީއޯގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގުޅުން ހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވުމާއި އެ ފެންވަރުގެ މަގާމެއްގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
ޕެންޝަން އޮފީހުން ބުނީ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު އަށް ޝޯޓްލިސްޓްކުރާނީ ފައިނޭންޝަލާއި ޕެންޝަނާ ގުޅުން ހުރި ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ މީހުންނާއި އެފަދަ އިންސްޓިޓިއުޝަންސްތަކުގައި އެގްޒެކެޓިވް މަގާމެއް އަދާކޮށްފައިވާ މީހުންނަށް އިސްކަންދޭ ގޮތަށް ކަމަށެވެ. މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިފަ އެވެ.
ވަޒީފާގެ މުއްދަތަކީ ތިން އަހަރެވެ. އެކަމަކު މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރު ވެސް ކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލިކޭޝަން ފޯމާއި ފިޓް އެންޑް ޕްރޮޕަ ޑެކްލަރޭޝަން ފޯމް ޕެންޝަން އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވޭނެ އެވެ. ފޯމް ފޮނުވާނީ bureau@pension.gov.mv އަށެވެ.
ރިޓަޔާކުރަން ބޭނުންވާ އުމުރު މައްޗަށް
ޕެންޝަން ބޯޑަށް ސަރުވަޝް އާއި މާޖިދު
ދުވަސްވީ އާބާދީ އިތުރުވާތީ ތައްޔާރުވާންޖެހޭ: މިނިސްޓަރު
ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީދޭން ބިލެއް
ޕެންޝަނަށް ސީއީއޯ ނެގުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ވަކިކުރި ސީއީއޯ ވަޒީފާ އަނބުރާ ހޯދަން ޓްރައިބިއުނަލަށް
ޕެންޝަންގެ ބައެއް ހިދުމަތްތައް އިސާއިން ބަލައިގެންފި
ކޮރަޕްޝަން ނައްތާލައިގެން ވިޔަފާރި ފުޅާވާނެ: އަމީރު
ޑައުން ޕޭމަންޓް ދައްކަން ސީބީއެމްއާ އެކު ސޮއިކޮށްފި
ޕެންޝަންގެ ބޯޑު ޗެއާމަނަކަށް ކުރިމަތިލާން ހުޅުވާލައިފި