Roadha Mihaaru

ޕެންޝަން ބޯޑަށް ސަރުވަޝް އާއި މާޖިދު އައްޔަނުކޮށްފި

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ ދެ މެންބަރުން ކަނޑައަޅައިފި އެވެ.

ޕެންޝަން ބޯޑަށް ސަރުވަޝް އާއި މާޖިދު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

15 މާޗް 2025

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ ދެ މެންބަރުން ކަނޑައަޅައިފި އެވެ.

ޕެންޝަން އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ބޯޑަށް އަލަށް އައްޔަނު ކުރީ އަހުމަދު ސަރުވަޝް އާދަމާއި އަބްދުލް މާޖިދު އަލީ އެވެ.

ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭނާ އެ 2016 ވަނަ އަހަރުން ފެށިގެން ހުންނެވި އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީގަ އެވެ. އިކޮނޮމިކްސް އާއި އެކައުންޓިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސަރުވަޝް ވަނީ މީރާގެ ޗެއާޕާސަންގެ އިތުރުން އެމްއެމްއޭ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

މާޖިދު މީގެ ކުރިން 2022 ވަނަ އަހަރު ވެސް ޕެންޝަން ބޯޑުގައި ހުންނެވި އެވެ. އެހެންވެ، މިއީ އޭނާގެ ދެވަނަ ދައުރެވެ. ބޭންކިން އަދި ފައިނޭންސިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މާޖިދު ވަނީ ސީއެމްޑީއޭ ބޯޑުގެ މެމްބަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.

ޕެންޝަން ބޯޑުގައި މިވަގުތު ހަތް މެންބަރުން ތިއްބަވަ އެވެ. އެ ބޯޑުގެ ޗެއާޕާސަނަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ.