ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލް، އޭނާގެ ވަޒީފާ އިޔާދަ ކޮށްދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވައިފި އެވެ.
24 ނޮވެމްބަރ 2021
ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލް، އޭނާގެ ވަޒީފާ އިޔާދަ ކޮށްދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވައިފި އެވެ.
އިންޝުއަރެންސާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރު، ޕެންޝަން އޮފީހުގެ އެންމެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސިތާ އަހަރެއް ނުވަނީސް މަގާމުން ވަކިކުރީ އެ އޮފީހުގެ ބޯޑުގެ ނިންމުމަކުންނެވެ. އެކަމަކު އޭގެ ސަބަބެއް މިހާތަނަށް އާއްމެއް ނުކުރެ އެވެ.
ނަމަވެސް އޭނާ ވަކިކުރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ފެންމަތިވެފައި ވަނިކޮށެވެ.
އެނގިފައިވާ ގޮތުގައި، އިނގިރޭސި ވިލާތުގެ ޖޯން ގްރިންޑަލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ވަޒީފާ އިޔާދަކޮށްދީ، ވަކިކުރި މުއްދަތުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ހޯއްދެވުމަށެވެ. އޭނާގެ މުސާރަ ކޮންމެ މަހަކު ލައްކައަކާ ގާތްކުރާއިރު، އޭގެ އިތުރަށް ދޮގު ތުހުމަތުތަކަކުން އަބުރަށް ގެއްލުން ލިބިފައިވާ ކަަމަށް ވިދާޅުވެ ގެއްލުމުގެ ބަދަލަށް ވެސް އެދިވަޑައިގެންފައި ވެ އެވެ.
ޕެންޝަން އޮފީހުން ބުނެފައިވާ ގޮތުގައި ސީއީއޯ ވަކިކުރީ ސުލޫކީ މައްސަލައެއްގަ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯއަކަށް އޭނާ އައްޔަން ކުރުމުން ފާޑުކިއުން ވެސް އަމާޒުވި އެވެ. ރާއްޖޭގެ އިސް މަގާމެއް ބޭރުގެ މީހަކަށް ދިނުމުގެ ހިތްހަމަނުޖެހުންތަކާ އެކުގަ އެވެ. ސީއީއޯގެ މަގާމަށް ގްރިންޑަލް އައްޔަންކުރީ ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން މަނިކު ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ އައްޔަން ކުރަންދެން ޕެންޝަން އޮފީސް ހިންގަވަމުން ގެންދެވީ ވަގުތީ ސީއީއޯގެ ގޮތުން ފާތުމަތު ސުޖާތާ ހަލީމެވެ.
ގްރިންޑަލް ވަކިކުރި ފަހުން އެތަނަށް ސީއީއޯ އަކު އަދި އައްޔަނެއް ނުކުރެ އެވެ.
ރިޓަޔާކުރަން ބޭނުންވާ އުމުރު މައްޗަށް
ޕެންޝަން ބޯޑަށް ސަރުވަޝް އާއި މާޖިދު
ދުވަސްވީ އާބާދީ އިތުރުވާތީ ތައްޔާރުވާންޖެހޭ: މިނިސްޓަރު
ޕެންޝަނަށް ސީއީއޯ ނެގުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ޕެންޝަނަށް ސީއީއޯ އައްޔަންކުރުމުގެ މައްސަލަ ބަލައިނުގަތް
ޕެންޝަން އޮފީހުގެ ސީއީއޯ ވަކިކޮށްފި
ޕެންޝަންގެ ބައެއް ހިދުމަތްތައް އިސާއިން ބަލައިގެންފި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ހުޅުވާލައިފި
ކޮރަޕްޝަން ނައްތާލައިގެން ވިޔަފާރި ފުޅާވާނެ: އަމީރު
ޑައުން ޕޭމަންޓް ދައްކަން ސީބީއެމްއާ އެކު ސޮއިކޮށްފި