Roadha Mihaaru
ކޮރަޕްޝަން ނައްތާލައިގެން ވިޔަފާރި ފުޅާވާނެ: އަމީރު

ކޮރަޕްޝަން ނައްތާލައިގެން ވިޔަފާރި ފުޅާވާނެ: އަމީރު

22 އެޕްރީލް 2019

ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އަށް ވަނަ ފައިނޭންސް ފޯރަމްގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، އާ އުފެއްދުންތަކާއި އާ މާކެޓުތަކަށް ވިޔަފާރީގައި ފުރުސަތު ބޮޑުއިރު އެ ކަންކަން ބިނާ ވެފައި ވަނީ ދެފުށް ފެންނަ ނިޒާމަކަށް ކަމަށެވެ.

ސަރުކާރުން އަމިއްލަ ވިޔަފާރިތައް ފުޅާކުރުމަށް މަސައްކަތް ކުރާ އިރު އެކަން ކުރާނީ، ވިޔަފާރީގެ ދާއިރާގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީި ގޮތުގައި، ޓެކްސް ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރުމަށްޓަކައި މުރާޖައާ ކުރަމުން އަންނައިރު މުޅި ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ އެވެ. އަލަށް ގެންނަ ބަދަލުތަކަކީ ސަރުކާރާއި ވިޔަފާރިތަކަށް ވެސް އެއް ހަމައަކަށް ފައިދާވާނެ ބަދަލުތަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ފައިނޭންސް ފޯރަމްގައި މި އަހަރަށް ކަނޑައަޅާފައިވާ ތީމު "އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު" އަކީ ސަރުކާރުން ވިޔަފާރީގެ ދާއިރާ އިން ހާސިލު ކުރަން ބޭނުންވާ ކަންކަމާ ވެސް ވަރަށް ބޮޑަށް ގުޅޭ ތީމެއް ކަމަށެވެ. އެގޮތުން، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި އަމިއްލަ ފަރާތްތަކަށް މިހާރަަށް ވުރެ ފަސޭހަ ކަމާއި މިނިވަންކަމާ އެކު މަސައްކަތްކުރުން ކަަމަށް އޭނާ ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން ޕެރެޑައިސް އައިލެންޑުގައި ބޭއްވި ފައިނޭންސް ފޯރަމް--ފޮޓޯ:ނިޝާން އަލީ/މިހާރު

ޕެންޝަން އޮފީހުން ޕެރެޑައިސް އައިލެންޑުގައި ބޭއްވި ފައިނޭންސް ފޯރަމް--ފޮޓޯ:ނިޝާން އަލީ/މިހާރު

އަމީރު ވިދާޅުވި ގޮތުގައި، ވިޔަފާރީގެ ދާއިރާގައި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ހާސިލު ކުރުމަށްޓަކައި ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މާހައުލެއް ގާއިމުކުރަންޖެހެ އެވެ. ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވެ، ޓެކްނޮލޮޖީއާ އެކީ ވިޔަފާރި ތަރައްގީކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އެންމެ ކާމިޔާބު ވިޔަފާރިތަކަކީ އިނޮވޭޓިވް ވިޔަފާރިތަކާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު އުފައްދާފައިވާ ވިޔަފާރިތައް. މި ވިޔަފާރިތައް ކާމިޔާބު ވެގެންދަނީ އެ ކުންފުނިތަކުގެ ދެމެހެއްޓެނިވި އުސޫލުތަކާއި އާ ކަންކަން ތައާރަފް ކުރުން." އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ހިދުމަތް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށް ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ވިޔަފާރިތަކުން ކުރުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މުޅި އިގްތިސާދު ކުރިއެރުމަށް މަގުފަހިވާ ކަމަށެވެ.