ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ހަމަޖެއްސި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފި އެވެ.
13 އޮކްޓޯބަރ 2021
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކަށް ހަމަޖެއްސި އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފި އެވެ.
އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރަށް ވަޒީފާ ހަމެޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މަގާމުގައި އަހަރެއް ނުފުރެނީސް އޭނާ މަގާމުން ވަކިކުރަން ނިންމީ، ޕެންޝަން އޮފީހުގެ ބޯޑުގެ ނިންމުމަކުންނެވެ.
ސީއީއޯ ވަކިކުރުމުގެ ނިންމުން މިއައީ، އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފެންމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ކުރި އެ ތުހުމަތު ޕެންޝަން އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.
އޭރު ޕެންޝަން އޮފީހުން މީޑިއާތަކަށް ބުނެފައި ވަނީ ސީއީއޯއާ މެދު، ޖިންސީ ފުރައްސާރައިގެ އެއްވެސް ތުހުމަތެއް ހުށަހެޅި ބަލަމުން ނުދާ ކަމަށެވެ.
ޕެންޝަން އޮފީހުގެ އޮފިޝަލަކު މިއަދު ވެސް ވިދާޅުވީ ސީއީއޯ ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ނޫން ކަމަށާއި ސުލޫކީ މައްސަލައެއްގައި ކަމަށެވެ. އެކަމަކު ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯއަކަށް އޭނާ އައްޔަންކުރުމުން ފާޑުކިއުން ވެސް އަމާޒުވި އެވެ. ރާއްޖޭގެ އިސް މަގާމެއް ބޭރުގެ މީހަކަށް ދިނުމުގެ ހިތްހަމަނުޖެހުންތަކާ އެކުގަ އެވެ.
ސީއީއޯގެ މަގާމަށް ގްރިންޑަލް އައްޔަންކުރީ ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ އައްޔަންކުރަންދެން ޕެންޝަން އޮފީސް ހިންގަވަމުން ގެންދެވީ ވަގުތީ ސީއީއޯގެ ގޮތުން ފާތުމަތު ސުޖާތާ ހަލީމެވެ.
ވަކިކުރި ސީއީއޯ ވަޒީފާ އަނބުރާ ހޯދަން ޓްރައިބިއުނަލަށް
ކިމް ސުޔޫނަށް މިލިއަނުން ގެއްލުން ވެއްޖެ
ޖަސްޓިންއަށް ކުރި ދެ ދައުވާއެއް އަނބުރާ ގެންގޮސްފި
އަމިއްލަ ސްކީމުތައް އުވާލުމުގައި ހައްލެއް ހޯދަންޖެހޭ
ޖިންސީ މައްސަލައެއްގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑް
ޕެންޝަން އޮފީހުގެ "3ޖެން ވޯކު" އަންނަ މަހު ބާއްވަނީ
ރިޓަޔާކުރަން ބޭނުންވާ އުމުރު މައްޗަށް
ފަޒީން، ބްރޯޑްކޮމުން އިސްތިއުފާ ދެއްވައިފި
ޕެންޝަން ބޯޑަށް ސަރުވަޝް އާއި މާޖިދު
ފަޒީންގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި