އީޖާދީ ކުރިއެރުންތަކާ އެކު މަސައްކަތުގެ ވެއްޓަށް ދަނީ އިންގިލާބީ ބަދަލުތަކެއް އަންނަމުންނެވެ. މެޑިކަލް ޓެކްނޮލޮޖީ އާއި ރިސާޗްގެ އެހީގައި ސިއްހީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާ އެކު މީހުންގެ އުމުރު ދިގުވެ މަސައްކަތުގައި ދެމިތިބުމަށް ލިބޭ އުމުރު ވެސް ދަނީ ދިގުވަމުންނެވެ. ޓެކްނޮލޮޖީ އާއި އިނޮވޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އާ މަސައްކަތްތަކާއި ވަޒީފާގެ ފުރުސަތުތައް ދަނީ ހުޅުވެމުންނެވެ. ހައިސްޕީޑް އިންޓަނެޓާއި، ކްލައުޑް ކޮމްޕިއުޓިން، އަދި ކޮލަބޮރޭޝަން ޓޫލްސްތަކާ އެކު މަސައްކަތުގެ އިންތިޒާމުތަކަށް ވެސް ދަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ.
އީޖާދީ ކުރިއެރުންތަކާ އެކު މަސައްކަތުގެ ވެއްޓަށް ދަނީ އިންގިލާބީ ބަދަލުތަކެއް އަންނަމުންނެވެ. މެޑިކަލް ޓެކްނޮލޮޖީ އާއި ރިސާޗްގެ އެހީގައި ސިއްހީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާ އެކު މީހުންގެ އުމުރު ދިގުވެ މަސައްކަތުގައި ދެމިތިބުމަށް ލިބޭ އުމުރު ވެސް ދަނީ ދިގުވަމުންނެވެ. ޓެކްނޮލޮޖީ އާއި އިނޮވޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން އާ މަސައްކަތްތަކާއި ވަޒީފާގެ ފުރުސަތުތައް ދަނީ ހުޅުވެމުންނެވެ. ހައިސްޕީޑް އިންޓަނެޓާއި، ކްލައުޑް ކޮމްޕިއުޓިން، އަދި ކޮލަބޮރޭޝަން ޓޫލްސްތަކާ އެކު މަސައްކަތުގެ އިންތިޒާމުތަކަށް ވެސް ދަނީ ބޮޑެތި ބަދަލުތައް އަންނަމުންނެވެ.
އެ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތްތަނުގައި އާމްދަނީ ހޯދުމަށް މީހުން މަސައްކަތްކުރާނެ ގޮތާއި، ރިޓަޔާމަންޓަށް ފަހު ދޮށީ އުމުރު ހޭދަކުރާނެގޮތަށް ބޮޑެތިބަދަލުތައް އަންނާނެ ކަމުގައި ބެލެވެއެވެ.
ސިނާއީ މަސައްކަތްތަކުން އެދެވޭ ނަތީޖާ ހޯދުމުގައި ޓެކްނޮލޮޖީއާއި އާ އީޖާދުތަކުގެ ދައުރު ބޮޑެވެ. ފާއިތުވި 10 ވަރަކަށް އަހަރުތެރޭ މިފަދަ އީޖާދުތަކުގެ ސްޕީޑް ވަނީ އިންތިހާއަށް ހަލުވިވެފަ އެވެ. އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮމޭޝަންގެ ސަބަބުން ބައެއްކަހަލަ މަސައްކަތްތައް އެއްކޮށް އޮޓޮމޭޓްކުރެވި، މަސައްކަތުގެ ސްޕީޑް އަވަސްވެ، ފެންވަރު ރަނގަޅުވުމާއި ހަރަދު ކުޑަވުން ފަދަ ކުރިއެރުންތައް ވަނީ ހޯދިފަ އެވެ.
އޭއައި ޑިވެލޮޕްމަންޓާއި އިންޖިނިއަރިން އަދި ކްރިއޭޓިވް އިންޑަސްޓްރީ ފަދަ އާ މަސައްކަތުގެ ދާއިރާތަކުން ފުރުސަތުތައް ހުޅުވެމުންދާއިރު، އޮޓޮމޭޝަންގެ ސަބަބުން ގިނަ މަސައްކަތްތަކެއް ވަނީ ނެތިގެން ގޮސްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސިނާއީ މަސައްކަތްތަކުގައި ތަކުރާރުކޮށް ކުރަންޖެހޭ މަސައްކަތްތައް އޮޓޮމޭޓް ކުރެވި ގިނަ ވަޒީފާގެ ފުރުސަތަކެއް ނެތިގެން ދާނެއެވެ.
ހަލުވި ސްޕީޑުގައި އަންނަމުންދާ މިފަދަ ބަދަލުތަކަށް ހޭނިފައިވާ ވިލުންތެރި ބަޔަކަށްވުމަށް މަސައްކަތްތެރިން އާ ހުނަރުތައް ދަސްކުރުން މުހިންމެވެ.
ހައިސްޕީޑް އިންޓަނެޓާއި، ކްލައުޑް ކޮމްޕިއުޓިން އަދި ކޮލަބަރޭޝަން ޓޫލްސްތަކުގެ އެހީގައި ކޮންމެ ތަނެއްގައި ތިބެގެން ވެސް މަސައްކަތްކުރޭވޭނެ ފުރުސަތު ފަހިވެ، ޒަމާނުއްސުރެ މަސައްކަތްކުރަމުން އައި ގޮތާއި އާދަކާދަތައް ދަނީ ބަދަލުވަމުންނެވެ. މަސައްކަތައް އެކަށޭނަ ގާބިލު މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދޭނެ ފުރުސަތު ފަހިވުމާއި، މަސައްކަތްތެރިންނަށް އެމީހުން ހިޔާރުކުރާތަނެއްގައި ތިބެގެން މަސައްކަތް ކުރުމާއި، ޒާތީ ދިރިއުޅުމާއި ވަޒީފާގެ ޒިންމާތައް ފުށުނާރާނެހެން މަސައްކަތުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. ވަޒީފާ ދޭ ފަރާތްތަކަށް ލިބެން އޮތް މަސައްކަތްތެރިންގެ ޕޫލް ބޮޑުވެ މަސައްކަތް ހޯދަން ބޭނުންވާ މީހުންނަކީ މަސައްކަތަށް އެކަށީގެންވާ ގާބިލު ބަޔަކަށް ވުމަށް އޮންނަ ޕްރެޝާ ވެސް ދަނީ ބޮޑުވަމުންނެވެ.
މިވެއްޓަށް ގާބިލު ބަޔަކަށްވުމަށް މަސައްކަތްތެރިން މެދުނުކެނޑި އުނގެނުމާއި، އީޖާދީ ބަޔަކަށްވުމަށް އޮތް ބޭނުންތެރިކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
ބޭސްވެރިކަމާއި، ރަނގަޅުކާނާ އާއި ދުޅަހެޔޮ ސިއްހީ އާދަތަކުގެ ސަބަބުން މީހުންގެ އުމުރު ދިގުވެ، މަސައްކަތްކަތުގައި ދެމިތިބުމަށް ލިބޭ މުއްދަތުވެސް ދަނީ ދިގުވަމުންނެވެ. ހާއްސަކޮށް ޕްރޮފެޝަނަލް ބައެއް ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ރިޓަޔާ ކުރާ ރަސްމީ އުމުރު ހަމަވުމަށް ފަހު ވެސް މަސައްކަތުގައި ދެމިތިބުމަށް އެދޭ މީހުން ދަނީ އިތުރުވަމުންނެވެ.
ތަފާތު ބަލިތަކަށް ފަރުވާ ހޯދުމަށާއި ބަލިތަކުން ދިފާއުވުމަށާއި ހިނގާބިނގާވެ އުޅުމަށާއި ދުޅަހެޔޮ ސިއްހީ އާދަތަކަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފަސޭހައިން ލިބެން ހުރުމާއެކު، މުސްކުޅި އުމުރުގައި އެހެން މީހުންނަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ދަނީ އިތުރުވަމުންނެވެ. މިހެންވެ, ރިޓަޔަރަމަންޓް މާނަކުރުމާއި، ރިޓަޔަމަންޓުގައި މީހުންގެ ދިރިއުޅުން ތަޖުރިބާކުރާގޮތް ވެސް ދަނީ ބަދަލުވަމުންނެވެ.
ރިޓަޔާމަންޓަކީ މުސްކުޅި އުމުރުކަމުގައި ދެކި ގޭގައި މަޑުކުރުމުގެ ބަދަލުގައި އަމިއްލަ ވިޔަފާރި ކުރުމާއި ޕެޝަން ޕްރޮޖެކްޓްތައް ހިންގުމާއި ދަތުރުފަތުރުކުރުމާއި ކޮންސަލްޓެންސީ ދިނުމާއި ޕާޓްޓައިމްކޮށް ވަޒީފާއަދާކުރުމާއި އިޖްތިމާއީ ޕްރޮގްރާމުތަކުގައި ބައިވެރިވުން ނުވަތަ އެފަދަ ޕްރޮގްރާމުތައް ހިންގުމުގައި ދޮށީ އުމުރު ހޭދަކުރާ މީހުން ދަނީ އިތުރުވަމުންނެވެ. މިއީ ރާއްޖެ ފަދަ މުސްކުޅިވަމުންދާ އާބާދީއަކަށް ބޭނުންތެރިވެސް ކަމެކެވެ.
މި ބަދަލުތަކާއި އެކު ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ސަބަބުން ފަހިވަމުންދާ ފުރުސަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ފަރުދީ އަދި ޕޮލިސީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. މިގޮތުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުން އުފެދެމުން އަންނަ މަސައްކަތުގެ ފުރުސަތުތައް ދެނެގަނެ އެ ރޮނގުތަކުން މީހުން ބިނާކުރުމާއި ވަކި އުމުރެއްގައި ރިޓަޔާކުރުން މަޖުބޫރުކުރުމުގެ ބަދަލުގައި، ދޮށީއުމުރުގެ މީހުންނަށް މަސައްކަތުގައި ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އާ ހުނަރުތައް ދަސްކޮށްދިނުމާއި އަޕްސްކިލިން ރީސްކިލިން ޕްރޮގަރާމުތަކާއި ކެރިއާ ގައިޑެންސް ދިނުމާއި އާ ޓެކްނޮލޮޖީތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގުރާމުތައް ހިންގުން މުހިންމެވެ. އަދި މަގުމައްޗާއި އާންމު ތަންތަނާއި މަސައްކަތްކުރާ ތަންތަނަކީ ހިނގާބިނގާ އުޅުމުށާއި ފަސޭހައިން ވަދެނިކުމެ އުޅެވޭނެ ތަންތަނަށް ހެދުމަކީ މިހާރުން މިހާރަށް ވެސް ކުރަންޖެހިފައިވާ ކަންކަމެވެ.
މި ކަންކަމަށް މިހާރު ހުރި ޕޮލީސީތަކާއި ޕްރޮގްރާމުތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސް ފުރިހަމަކުރުމުގެ އިތުރުން، މިހާތަނަށް ފަށައިނުގަނެވި ހުރިކަންކަމަށް ބޭނުންވާ ޕޮލިސީތައް ހަދައި ގައުމީ އަދި ފަރުދީ ފެންވަރުގައި މަސައްކަތްފެށުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ހާއްސަކޮށް، ރާއްޖޭގެ އާބާދީ މުސްކުޅިވަމުން ދިއުމާއެކު، މިހާރު އޮތް ޑިމޮގްރެފިކް ވިންޑޯ އޮފް އޮޕޮޗުނިޓީގެ ބޭނުން ހިފުމަށް އޮތް ވަގުތު ހިނގަންފަށާފައި ވާތީ މި މަސައްކަތްތައް އަވަސް ކުރުމުގެ މުހިންމުކަން ބޮޑެވެ.
ނޯޓު: މިއީ ޕެންޝަން އޮފީހުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް
ޑައުން ޕޭމަންޓް ދައްކަން ސީބީއެމްއާ އެކު ސޮއިކޮށްފި
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ޕެންޝަން ސްކީމް: 17.5 ބިލިއަންގެ ބޮޑު ފަންޑެއް
ޕެންޝަންގެ ބައެއް ހިދުމަތްތައް އިސާއިން ބަލައިގެންފި
ޕެންޝަން ފަންޑާ ކުޅެން ނޫޅޭ! އެއީ ފަހަށް ރައްކާކުރުން
ޕެންޝަނަށް ފައިސާ ރައްކާކުރުމުގައި ފަރުދުންގެ ދައުރު
ޕެންޝަން ސްކީމް، ފަހަށް ރައްކާކުރަން ފަހި ފުރުސަތެއް
ޕެންޝަން ފަންޑުގެ ބޭނުމަކީ ކޮބާ؟