Roadha Mihaaru

ޕެންޝަންގެ ބޯޑު ޗެއާމަން ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ބޯޑުގެ ޗެއާމަން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން ހުޅުވާލައިފި އެވެ.

ޕެންޝަންގެ ބޯޑު ޗެއާމަނަކަށް ކުރިމަތިލާން ހުޅުވާލައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

04 ޖުލައި 2017

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ބޯޑުގެ ޗެއާމަން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން ހުޅުވާލައިފި އެވެ.

އެމްޕީއޭއޯގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އޮފީހުން ކުރި އިއުލާނެއްގައި ވެ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިހާރު އެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ.

އެމްޕީއޭއޯގެ ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރާނީ އެކަމަށް ޚާއްސަ ސިލެކްޝަން ކޮމެޓީއަކުން ހޮވުމަށް ފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރާ ބޭފުޅުންގެ ނަންތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބޭފުޅެކެވެ.

މަގާމުގެ ޝަރުތަކީ ވިޔަފާރީގެ ދާއިރާއިން ނުވަތަ އިގުތިސާދީ ދާއިރާ އިން ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ އޮތުމާ އެކު މާލީ ނުވަތަ ޕެންޝަން ދާއިރާގައި މަސައްކަތް ކޮށްފައި ވުމެވެ.