19 ޖޫން 2020
އެމެރިކާގެ ރިއާސީ އިންތިހާބު ވެސް ބޯމަތިވެ، ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އިރު ކުރިމަތީގައި ހުރި މައްސަލަތައް ވަރަށް ގިނަ އެވެ. އެއްކޮޅުން މުޅި އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހިމާޔަރްކުރަން ގޮވައިލާ އަޑުގަދަ ވަނީ އެވެ. އަދި އެފަދަ މީހުންނާ ދެކޮޅަށް ޓްރަމްޕް ދައްކަވާ ވާހަކަތައް ވެސް ހޫނުވެ، އޭނާއާ ދެކޮޅަށް ނުކުންނަ މީހުން ވެސް ގިނަވަނީ އެވެ.
އެމެރިކާގެ ރިއާސީ އިންތިހާބު ވެސް ބޯމަތިވެ، ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އިރު ކުރިމަތީގައި ހުރި މައްސަލަތައް ވަރަށް ގިނަ އެވެ. އެއްކޮޅުން މުޅި އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހިމާޔަރްކުރަން ގޮވައިލާ އަޑުގަދަ ވަނީ އެވެ. އަދި އެފަދަ މީހުންނާ ދެކޮޅަށް ޓްރަމްޕް ދައްކަވާ ވާހަކަތައް ވެސް ހޫނުވެ، އޭނާއާ ދެކޮޅަށް ނުކުންނަ މީހުން ވެސް ގިނަވަނީ އެވެ.
އަނެއްކޮޅުން ޓްރަމްޕްގެ ވެރިކަމާއި އާއިލީ ދިރިއުޅުމާ ބެހޭ ގޮތުން ލިޔެފައިވާ ފޮތްތަކެއް މި ދަނޑިވަޅުގައި ނެރެން އޮތީ ތައްޔާރަށެވެ. މީގެ ތެރެއިން އެއް ފޮތަކީ އެ ފޮތެއް ރިލީޒްކުރުން ހުއްޓުވުމަށް މިހާރު ކޯޓާ ހިސާބަށް ގޮސްފައިވާ އަދި އެމެރިކާގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވައިޓް ހައުސްގައި ހޭދަކުރެއްވި މުއްދަތުގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް އޭނާ ލިޔުއްވި "ދަ ރޫމް ވެއާ އިޓް ހެޕެންޑް" އެވެ. މި ފޮތް ނެރެން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ގަ އެވެ.
މި ފޮތުގެ އިތުރަށް އަންނަ މަހުގެ 28 ގައި ނެރެން އޮތް ފޮތަކީ ޕަބްލިޝިން ހައުސް ސައިމަން އެންޑް ޝޫސްޓާގެ ތައްގަނޑުގައި ނެރޭ، ޓްރަމްޕްގެ އަސްލު ފަތިފުށް އެނގިގެންދާނެ ފޮތެކެވެ.
?NEW BOOK!
— Nancy Levine ? (@nancylevine) June 16, 2020
By Mary Trump, Donald's niece. Release 7/28
Too Much and Never Enough: How My Family Created the World’s Most Dangerous Man
"She is the only Trump willing to tell the truth about one of the world’s most powerful and dysfunctional families."https://t.co/FBaIuNpCaU pic.twitter.com/Ls4SAfWsyK
އެއީ އޭނާ އަށް ބޮޑުބޭބެ ކިޔާ އަންހެނެއް ކަމަށްވާ މޭރީ ޓްރަމްޕްގެ "ޓޫ މަޗް އެންޑް ނެވަ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" އެވެ.
މި ފޮތް ލިޔުނު މޭރީ ޓްރަމްޕް، 55، އަކީ، ޓްރަމްޕްގެ ދޮށީ ބޭބެ ފްރެޑް ޓްރަމްޕް ޖޫނިއާގެ ދަރިއެކެވެ. ފްރެޑް ވަނީ 1981 ގައި މަރުވެފަ އެވެ. ޓްރަމްޕާއި އޭނާގެ އާއިލާގެ ތެރޭގައި ބޮޑެތި މައްސަލަތައް ހުރި ވާހަކަ އާއި އާއިލާގެ މީހުންނާ ދޭތެރޭ ޓްރަމްޕް ކަންތައް ކޮށްފައިވާ ގޮތް މޭރީގެ ފޮތުން އިތުރަށް ސާފުވެގެން ދާނެ އެވެ.
ފްރެޑްގެ މަރުވި ފަހުން ވެސް ޓްރަމްޕާއި އާއިލާގެ އެހެން މީހުންނާ ދެމެދު 20 އަހަރު ވަންދެން ގާނޫނީ ގޮތުން ވެސް އެތަކެއް ކޯޅުންތަކެއް ހިނގާފައިވެ އެވެ. ކްލިނިނަލް ސައިކޮލޮޖިސްޓެއް ކަމަށްވާ މޭރީގެ ފޮތަށް ނަން ދީފައިވާ ގޮތުން ވެސް އެކަން ވަރަށް ބޮޑަށް ދޭހަވެ އެވެ.
ޓްރަމްޕްގެ އާއިލާގެ ބޭފުޅުން.
ބޮޑުބޭބެގެ ފަތިފުށާ ބެހޭ އެތައް ވާހަކައެއް ކިޔައިދޭނެ މޭރީގެ ފޮތް އެމެޒޯންގައި ނެރެން ގާތްވަމުން އަންނަ އިރު، މި ފޮތާ ދެކޮޅަށް ވެސް ޓްރަމްޕް ވާހަކަ ދައްކާފައިވެ އެވެ. އޭނާ ވިދާޅުވީ އެ މީހުންގެ އާއިލާ އަކީ އަބަދު ވެސް ވަރަށް ގުޅުން ބަދަހި އާއިލާއެއް ކަމަށާއި މޭރީގެ ފޮތަކީ އެ އާއިލާގެ މޫނުމަތި ހަރާބުކޮށްލާނެ އެއްޗެއް ކަމަށެވެ.
މަސްރަހު ދިރާސާކުރާ މީހުން ބުނާގޮތުގައި އެއްގޮތުން ބަލާ އިރު، ބޯލްޓަންގެ "ދަ ރޫމް ވެއާ އިޓް ހެޕެންޑް" އަށް ވުރެ މޭރީގެ "ޓޫ މަޗް އެންޑް ނެވަ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" އިން ޓްރަމްޕަށް ލިބޭ ގެއްލުން ބޮޑުވާނެ އެވެ.
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް
ޓްރަމްޕް ކާމިޔާބީ އިއުލާނުކުރައްވައިފި!
ފުރަތަމަ ލިބުނު ނަތީޖާތަކުން ޓްރަމްޕް ކުރީގައި