16 ޖޫން 2020
ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާ އިން ދެއްކޭ ގޮތް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ދިވެހި ރުފިޔާ އިން ދެއްކޭ ގޮތް ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހިމެނޭ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، މިދިޔަ އޭޕްރީލް މަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކްސް ދައްކަންޖެހޭ މުއްދަތުތަކުގައި ޓީޖީއެސްޓީގެ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެ ކަމަށެވެ. އެކަމަކު، އެގޮތަށް ފައިސާ ދެއްކޭނީ މިއަދުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ އަށް އެކަނި ކަމަށް އެ ބަޔާނުގައި ވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޓެކްސް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދީފަ އެވެ. ބައެއް ޓެކްސްތައް ދައްކަންޖެހޭ މުއްދަތުތަކާއި ޓެކްސް ބަޔާން ހުށަހަޅަންޖެހޭ މުއްދަތުތައް މީރާ އިން ކުރިން އިތުރުކޮށް ދިނެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ މަހު ވެސް މީރާ މެދުވެރިކޮށް ދައުލަތަށް ޓެކުހާއި އެހެނިހެން ފީގެ ގޮތުގައި ލިބުނީ އެންމެ 206 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 80 ޕަސެންޓްގެ ދަށްވުމެވެ.
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު މީރާއަށް ވަން އާމްދަނީ 93 ޕަސެންޓް ގިނަ
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
ޓެކްސް ބޮޑު ކުރުމުން ދައުލަތަށް އިތުރު 2.5 ބިލިއަން
ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން މަޝްވަރާ ފަށައިފި