01 ޖޫން 2020
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލުދޭ ގޮތަށް ހަވާލުކުރަން އެންގުމަކީ ދައުލަތަށް މުދާ ނެގުން ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލުދޭ ގޮތަށް ހަވާލުކުރަން އެންގުމަކީ ދައުލަތަށް މުދާ ނެގުން ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން، ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށްޓަކައި އަމިއްލަ މީސްމީހުންގެ އިމާރާތްތައް ދައުލަތަށް ނެގުމުގެ ބާރު ލިބޭ ގޮތަށް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ގަވައިދެއް އެކުލަވައިލައިފަ އެވެ. އެކަމަކު، އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަމިއްލަ މީސްމީހުންގެ ގޯތިގެދޮރު ދައުލަތަށް ނެގުން ކަމަށް ބުނެ ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބު ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ގަވައިދުގައިވާ ގޮތުގެ މަތިން ސަރުކާރަށް އަމިއްލަ މީހެއްގެ އިމާރާތެއް ނެގުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައިވާ ގޮތުން މުދާ ހޯދުމާއި މިލްކު ކުރުމާއި ވާރުތަ ކުރުމާއި ދިނުމާއި އަދި އެއިން މުއާމަލާތް ކުރުމުގެ ހައްގު އެންމެންނަށް ވެސް ލިބިގެންވެ އެވެ. އެއްވެސް މީހެއްގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް އެ މާއްދާގައި ބުނެފައި ވެ އެވެ.
"...ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
ވަކި ޢިމާރާތެއް ކޮންމެހެން ބޭނުންވެގެން ޤާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް،ފައިސާ ދައްކާ ގޮތަށް،ޢާންމު މަންފާއަކަށް ޢިމާރާތެއް ޙަވާލުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން.ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރާނެ.
— I.Riffath (@ibriffath) June 1, 2020
އޭޖީ ރިފްއަތުގެ ޓުވީޓް
ބަންޑާރަ ނައިބު ވިދާޅުވީ، ކަރަންޓީންގެ ބޭނުމަށް އަމިއްލަ މީސްމީހުންގެ އިމާރާތްތައް ނެގޭ ގޮތަށް ގަވައިދެއް އެކުލަވައިލީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ ގޮތަށް ކަމަށެވެ. ވަކި އިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ވަޒީރަށް [ހެލްތު މިނިސްޓަރަށް] ދީފައި ވަނީ ރިފްއަތު ވިދާޅުވި ގޮތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.
"އެއީ، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި/ކަރަންޓީނު ކުރުމަށް އެތަނެއް ކޮންމެހެން ވެސް ބޭނުން ނަމަ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފަދަ ހާލަތެއްގައި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އަމިއްލަ މީސްމީހުންގެ އިމާރާތްތައް ދައުލަތަށް ނެގޭނެ ކަމަށެވެ. އެ ނިންމުން އެ ފަރާތަކަށް ގަބޫލުނުކުރެވޭ ނަމަ އިމާރާތެއް ހަވާލުކުރަން ކޯޓުން އަމުރުކުރެވޭނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
މި ގަވައިއިދުގައިވާ ގޮތުން، ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީން ކުރާނެ މަރުކަޒުތައް ކަނޑައަޅާނީ ހެލްތް މިނިސްޓަރެވެ. އެ ބޭނުމަށް މީހެއްގެ އިމާރާތެއް ނަގައިފި ނަމަ އެފަދަ ތަންތަން ބޭނުންކުރާ މުއްދަތަށް ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަަމަށް ވެސް ގަވައިދުގައިވެ އެވެ. އެގޮތަށް އިމާރާތެއް ހޯދަން ޖެހޭނީ އެ ތަނެއްގައި ބަޔަކު ދިރިއުޅޭ ނަމަ، އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށް ފަހު ކަމަށް ގަވާއިދުގައިވެ އެވެ.
އޭޖީގެ ލަފައަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދިއުން
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަނަށް ދާން އެދިއްޖެ
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ
ނަފްރަތުގެ ބިލަށް ބަދަލުގެންނަން މަޝްވަރާތައް ފަށައިފި
އަބުރުގެ ބަދަލު ހޯދުމުގެ ގަވައިދު ގާނޫނަކަށް ހަދަނީ
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
ވެންޓިލޭޓަރު އެއްބަސްވުން ބާތިލުކުރަން ނޯޓިސްދީފި