16 ޖޫން 2021
އާއްމު ގަވައިދުތަކުގެ ގާނޫނުގައިވާ އަބުރުގެ ބަދަލު ނަަގައިދިނުމުގެ ގަވައިދު، ގާނޫނަކަށް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފި އެވެ.
އާއްމު ގަވައިދުތަކުގެ ގާނޫނުގައިވާ އަބުރުގެ ބަދަލު ނަަގައިދިނުމުގެ ގަވައިދު، ގާނޫނަކަށް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ފޮނުވާ 19 ބިލުގެ ލިސްޓް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި އިރު އޭގެ ތެރެއިން ހަ ބިލަކީ އާއްމު ގަވައިދުތަކުގެ ގާނޫނުން ބާރު ދީފައިވާ ގަވައިދުތައް ގާނޫނަށް ހެދުމަށް ފޮނުވާ ބިލުތަކެވެ. އެއީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާ ބެހޭ ބިލު އަދި ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލެވެ. އޭޖީ އޮފީހުން މިއަދު ބުނީ އެއީ އާއްމު ގަވައިދުތަކުގެ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ ބިލުތަކެއް ކަމަށެވެ.
އޭޖީ އޮފީހުން މިއަދު ފޮނުވި ލިސްޓްގައިވާ އަށް ބިލެއް މިހާރު ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
- ހެއްކާ ބެހޭ ބިލް
- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް
- ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލް
- އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް
- ނެތި ދިއުމުގެ ބިރުު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމާ ބެހޭ ބިލް
- ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލް
- އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި އައިޑީކާޑު ހެދުމާ ބެހޭ ބިލް
މިހާރުގެ ގާނޫނު އަސާސީ އަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމާ އެކު ގާނޫނަކުން ބާރު ނުލިބޭ ގަވައިދުތައް ހިންގުން މަނާވި އެވެ. އެހެންވެ، އޭރު ހުރި ގަވައިދުތަކަށް ގާނޫނީ ބާރު ދިނުމަށް ހެދި އާއްމު ގަވައިދުތަކުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ގަވައިދުތައް ހިންގަން ފުރަތަމަ ދިނީ އެއް އަހަރު ދުވަހެވެ. އެއަށް ފަހު މުއްދަތު އިތުކުރާނެ ދެގޮތެއް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއް ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގަވައިދު އެއޮތް ގޮތަށް މުއްދަތު އިތުރުކުރުމެވެ. އަނެއް ގޮތަކީ އެ ގަވައިދުގައި ބުނާ ކަންތައް ގާނޫނެއްގެ ގޮތުގައި ފާސްކުރުމެވެ.
އެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނުގެ ޖަދުވަލުތަކުގައިވާ ހުރިހާ ގަވައިދެއް ގާނޫނަކަށް ހެދުމަކަށް ނުވަތަ މުއްދަތު އިތުރުކުރާކަށް ލާޒިމެއް ނުކުރެ އެވެ.
"ފުރަތަމަ 100 ދުވަހުގެ ފަސް ވައުދެއް ފުއްދައިފިން"
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
މަދަނީ އިޖްރައާތާއެކު އިންވެސްޓަރުންގެ އިތުބާރު ލިބޭނެ
ޑިސްޓްރިކްޓް ކޯޓު އުފައްދަން ގާނޫނު އިސްލާހު ކުރަނީ
ސިއްރު ހެކި ނެގުމުގެ އުސޫލު ތަފްސީލުކުރަން އިސްލާހެއް
ކައުންސިލްތަކުގެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފަށް
ކައުންސިލްތަކަށް ކޯޓުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ
ނަފްރަތުގެ ބިލަށް ބަދަލުގެންނަން މަޝްވަރާތައް ފަށައިފި
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް