09 ޖޫން 2022
މަދަނީ އިޖްރައާތުގެ ގާނޫނާ އެކު އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
މަދަނީ އިޖްރައާތުގެ ގާނޫނާ އެކު އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތަސްދީގުކުރެއްވި މަދަނީ އިޖްރައާތުގެ ގާނޫނަށް މި މަހުގެ 16 ވަނަ ދުވަހު އަމަލުކުރަން ފަށާނެ އެވެ. މިއީ ރާއްޖޭގައި ތަފްސީލީ މަދަނީ އިޖްރައާތުގެ ގާނޫނަށް އަމަލުކުރާ ފުރަތަމަ ފަހަރެވެ.
އެޓާނީ ޖެނެރަލް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދަނީ އިޖްރައާތުގެ ގާނޫނަކީ މަދަނީ އަދުލުގެ ނިޒާމުގެ އާ ސަފްހާއެއް ކަމަށެވެ. އެއީ މަދަނީ މުއާމަލާތްތަކުގެ ރައްކާތެރިކަމާއި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމުގެ އަސާސް ކަމުގައި ވެގެންދާނެ ކަމަށް އެ ޓްވީޓްގައިވެ އެވެ.
— I Riffath (@ibriffath) June 9, 2022
އޭޖީގެ ޓްވީޓް
މަދަނީ އިޖްރައާތުގެ ގާނޫނާ އެކު ވަރަށް ގިނަ ކަންކަން ބަދަލުވެގެންދާނެ އެވެ. ދައުވާ ކުރުމުގެ މުއްދަތުތަކެއް ކަނޑައެޅުމާއި މައްސަލަ ނާކާމިޔާބުވާ ފަރާތުން އަނެއް ފަރާތުގެ ގާނޫނީ ޚަރަދު ދައްކަން ޖެހުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމުގެ އުސޫލުތައް ބަދަލުވުމާއި ހުކުމް ތަންފީޒު ކުރަން މުދާ ހިފެހެއްޓުމާއި މޮނީޓާކުރުން ފަދަ ކަންކަން އެ ގާނޫނުގައި ހިމެނެ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ދިގު ގާނޫނެވެ.
ޑިސްޓްރިކްޓް ކޯޓު އުފައްދަން ގާނޫނު އިސްލާހު ކުރަނީ
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
މުދަލެއް ނެތް، ފައިސާއެއް ނެތް:ކުރެވޭނެ ކަމެއް ނެތް؟
އަރަނިވެރިން މަގުމަތިވެ، ދަރަނިވެރިން މިނިވަންކަމުގައި!
ބިޔަ ގާނޫނާއެކު، މަދަނީ އަދުލުގެ ނިޒާމު ހުއްޓުމަކަށް!
ގިނަ މީހުން އެދެނީ ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބެން
ދެން ވަކީލު ފީ ދައްކަންޖެހޭނީ ނާކާމިޔާބުވާ މީހާ
ސިއްރު ހެކި ނެގުމުގެ އުސޫލު ތަފްސީލުކުރަން އިސްލާހެއް
އަބުރުގެ ބަދަލު ހޯދުމުގެ ގަވައިދު ގާނޫނަކަށް ހަދަނީ
އާބިޓްރޭޓަރުންނާއެކު ކޯޓު ސަގާފަތް ހުއްޓޭނެ: އޭޖީ