14 އެޕްރީލް 2022
ސިއްރުން ހެކިބަސް ނެގުމާބެހޭ އިޖްރައާތުތައް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ފުރަތަމަ ފަހަރަށް ހިމަނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލް ހުށަހަޅައިފި އެވެ.
ސިއްރުން ހެކިބަސް ނެގުމާބެހޭ އިޖްރައާތުތައް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ފުރަތަމަ ފަހަރަށް ހިމަނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލް ހުށަހަޅައިފި އެވެ.
ސިއްރުން ހެކިބަސް ނެގިދާނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި މިހާރު އޮތަސް، އެކަން ކުރާނެ އުސޫލެއް އެ ގާނޫނުގައި އަދި މިހާރު އަމަލުކުރާ ހެއްކާބެހޭ ގާނޫނަކު ވެސް މިހާތަނަކަށް ނެތެވެ. އެހެންވުމުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމި އެވެ. ފަހުން އެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުކުރި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ދިނުމާބެހޭ ތަފްސީލީ އުސޫލުތައް ހިމަނާފައިވާނެ ކަމަށެވެ.
ކުށަށް އިއުތިރާފްވާ މީހުންނާ އެކު އިއުތިރާފްގެ އެއްބަސްވުން ހެދުމާބެހޭ އުސޫލުތައް އިތުރަށް ތަފްސީލު ކުރުމުގެ އިތުރުން އެ ނޫން ވެސް ޖިނާއީ އަދުލުގެ ނިޒާމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރަން އެ ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މީގެ އިތުރުން، އިތުރު ދެ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި އެވެ. އެއީ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުނި މެނޭޖް ކުރުމުގެ ބިލެވެ. ކުނި މެނޭޖް ކުރުމުގެ ބިލަކީ އަލަށް ވުޖޫދަށް ގެންނަ ގާނޫނެއްގެ ބިލެވެ.
މި ބިލުތަކުގެ ތެރޭގައި ހިމެނޭ ކުނި މެނޭޖުކުރުމުގެ ބިލަކީ މުޅިން އަލަށް ތައާރަފްކުރާ ބިލެއް. މި ބިލުގެ ބޭނުމަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގުން. އަދި ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުން. https://t.co/AQ6Oq9VvJI
— Hussain Hassan (@HucenHassan) April 14, 2022
އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރުގެ ކުރެއްވި ޓްވީޓް
އޭޖީ އޮފީހުން ބުނީ ކުނި މެނޭޖް ކުރުމުގެ ބިލަކީ ތިމާވެށި ތަޣައްޔަރުވުމާއި ތިމާވެށްޓަށް ލިބޭ ގެއްލުން ހުއްޓުވުމުގެ އިތުރުން ކުނި މެނޭޖް ކުރުމުގެ އާންމު ބޭނުންތަކުގެ ޚިދުމަތް އެކުލަވާލުމުގެ މަގްސަދުގައި ހުށަހެޅި ބިލެއް ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލު އިސްލާހުކުރަނީ
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ
ދުނިޔޭގެ ފެންވަރުގެ ނިޒާމުތައް، ނަތީޖާއަކީ ސުމެއް
ގާނޫނުތައް ހަރުކަށިކޮށްގެން ހޯދުނު މޮޅެއް އެބައޮތްތަ؟
ބިލަށް ބަދަލުތަކެއް، ވީޑިއޯ ޝަރީއަތްތަކަށް ޝަރުތުތަކެއް
ދައުވާކުރުމުގެ މުއްދަތު އިތުރުކުރަން ހުށަހަޅައިފި
އުއްމީދަކީ އިންތިގާލީ އިންސާފު ލިބުން: ރިފްއަތު
ތަހުގީގުތަކުގައި ފުލުހުންނަށް އިތުރު ބާރުތަކެއް ދެނީ
"ވާނުވާ" ރިވިއުކުރާތީ އޭޖީގެ ތައުރީފް ޕީޖީއަށް
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަނީ