23 މެއި 2020
މިލާން (މެއި 23) - އިންޓަ މިލާނުގެ ކުރީގެ ކޯޗު ލުއިޖީ ސިމޯނީ މަރުވުމުން އޭނާ އަށް ކުރެވެނީ އެދުރެއް ގެއްލިގެންދިޔަކަމުގެ އިހުސާސް ކަމަށް އޭނާގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުނު ބްރެޒިލްގެ ކުރީގެ އެއް ވަނަ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
މިލާން (މެއި 23) - އިންޓަ މިލާނުގެ ކުރީގެ ކޯޗު ލުއިޖީ ސިމޯނީ މަރުވުމުން އޭނާ އަށް ކުރެވެނީ އެދުރެއް ގެއްލިގެންދިޔަކަމުގެ އިހުސާސް ކަމަށް އޭނާގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުނު ބްރެޒިލްގެ ކުރީގެ އެއް ވަނަ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
ސާޅީހަކަށް އަހަރުގެ ކޯޗިން ކެރިއަރުގައި އިޓަލީ ފުޓްބޯޅައިގައި 17 ޓީމަށް އިރުޝާދުދިން ސިމޯނީ މަރުވީ މިދިޔަ ހުކުރު ދުވަހު އެވެ. އުމުރުން 81 އަހަރުގައި ސިމޯނީ މަރުވީ މީގެ އަހަރެއްހާ ދުވަސް ކުރިން ސްޓްރޯކެއްޖެހި އެތެރެހަށީގެ ބަލިތަކަކަށް ފަރުވާ ކުރަމުން ދަނިކޮށެވެ. ސިމޯނީ މަރުވުމުގެ ހިތާމައިގައި ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ ގެއްލިގެންދިޔައީ ހަމައެކަނި ކޯޗެއް ނޫން ކަމަށެވެ.
"މިއަދު ވެސް އަހަރެން އޭނަގެ ހަނދާން އާ ކުރާއިރު. ހަނދާންވަނީ ސިމޯނީ އަކީ ރަނގަޅު އިންސާނެއްގެ ގޮތުގައި. އެއްވެސް ކަމެއް ކުރަން އަމުރެއް ކުރުމެއް ނޯންނާނެ. އެ ކަމެއް ކުރުން މުހިއްމުވަނީ ކޮން ސަބަބެއް އޮތީމަ ކަން ކިޔައިދޭނެ. އަހަރެންނަށް ގެއްލިގެން މިދިޔައީ ޓީޗަރެއް. އަހަރެމެންނަށް ރަނގަޅު ގޮތްތައް އޭނަ ބުނެދިން،" ރޮނާލްޑޯ ބުންޏެވެ.
"އެކުގައި ހޭދަކުރީ އެއް އަހަރު ކަމުގައި ވިޔަސް ސިމޯނީ ވަނީ އަހަންނަށް އަގުނުކުރެވޭފަދަ ކަންތައްތައް ކިޔައިދީފައި،"
ސިމޯނީ އިންޓަ އަށް ކޯޗުކޮށްދިނީ އެއް ސީޒަނުގަ އެވެ. އެއީ 1997 އިން 1998 އަށެވެ. ބާސެލޯނާ އަށް އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 27 މިލިއަން ޑޮލަރު ދީފައި އިންޓަ އަށް ރޮނާލްޑޯ ގަތީ ސިމޯނީ ވަރަށް ބޮޑަށް ބޭނުންވެގެންނެވެ. ސިމޯނީގެ ކޯޗުކަމުގައި ރޮނާލްޑޯ ވަނީ ޔޫރަޕާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ސިމޯނީ ވަނީ އިޓަލީގެ ނޫހަކަށް ރޮނާލްޑޯއާ ބެހޭގޮތުން އިންޓަވިއުއެއް ދީފަ އެވެ. ސިމޯނީ ބުނީ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި އައިސް ރޮނާލްޑޯ އިންޓަގައި ބިރަކާނުލައި މޮޅަށް ކުޅުނީ ވަރަށް ކެރިގެން ކަމަށެވެ. އިޓަލީގެ މީޑިއާތަކުން އޭރު ސިފަކުރިގޮތުގައި ރޮނާލްޑޯ އާއި ސިމޯނީގެ މެދުގައި އޮތީ ބައްޕަ އަކާއި ދަރިއެއްގެ މެދުގައި އޮންނަ ފަދަ ގާތްގުޅުމެކެވެ.
"ރޮނާލްޑޯ އަށް ބޭނުންވި އެހީތެރިކަން އަހަރެމެން ދިނިން. އެއީ އޭނާ އަށް ލިބުން ހައްގު އެއްޗެއް. ރޮނާލްޑޯ އަކީ ޓީމު ޕްލޭޔަރެއް. އޭނަ އަކީ ހާއްސަ ކުޅުންތެރިޔެއް ވިޔަސް އެހެން ކުޅުންތެރިޔަކަށް ހެދޭ ގޯހެއްގެ ޝަކުވާއެއް ނުކުރާނެ،" ސިމޯނީ ބުނެފައިވެ އެވެ.
"އަހަރެން ބުނެދިން ހުރިހާ ގޮތެއް ހަދާނެ. އެންމެ މޮޅު މީހަކީ އަބަދުވެސް ދަސްކުރަން ބޭނުންވާ މީހާ. އެ އުސޫލުން ބަލާއިރު ރޮނާލްޑޯ އަކީ މިސާަލެއް. ރޮނާލްޑޯ ވެސް ނޭދޭ އޭނަ އަށް ވަކި ހާއްސަ ގޮތެއް އޮންނަން. އެއީ އަހަރެން އޭނައާ މެދު އެންމެ ޝައުގުވެރިވީ ސަަބަބު."
ސިމޯނީ ވަނީ އިންޓަ އަށް ޔުއެފާ ކަޕް (ޔޫރޮޕާ ލީގު) ކާމިޔާބުކޮށްދީފަ އެވެ. އެއީ ކޯޗިން ކެރިއަރުގައި އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އޭގެ ކުރިން ނަޕޯލީ އަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނެވެ. ފުޓްބޯޅަ ކެރިއަރުގައި މިޑްފީލްޑަރެއްގެ ގޮތުގައި ފެނުނު ސިމޯނީ ވަނީ ޔުވެންޓަސް އާއި ނަޕޯލީގެ އިތުރުން ފަސް ކްލަބަށް ކުޅެފަ އެވެ.
އޭނާ ގެއްލިގެން ދިއުމަކީ އިޓަލީގެ ފުޓްބޯޅަ އަށް ލިބިގެންދިޔަ ގެއްލުމެއް ކަމަށް އިންޓަ އާއި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.
ކަކޫ "ބަޑިގޮވުން": ރޮނާލްޑޯގެ ވެއްޓުމާއި އެނބުރި އައުން
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ހަ މެޗަށް ފަހު އިންޓަގެ މައްޗަށް މިލާން ކުރި ހޯދައިފި
ސިޓީ އަށް އިންޓަގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވި
މާޓިނޭޒް އިންޓަގައި މަޑުކުރަން ނިންމައިފި
ލޯނު ނުދެއްކިގެން އިންޓަގެ މިލްކުވެރިކަން ބަދަލު ވެއްޖެ
އިންޓަގެ އެހީގައި ފ. އަތޮޅުގެ ކޯޗުން ތަމްރީނު ކުރަނީ
ރޮނާލްޑޯގެ ދެ ކްލަބް ވިއްކާލަން އުޅޭތީ ފޭނުން ރަތަށް
ކްލަބްތަކުން ގުޅާވަރުން އިންޒާގީގެ ބޮލަށް އުނދަގޫ