އާޖެންޓީނާގެ ރިވާ ޕްލޭޓް 2-0 އިން ބަލިކޮށް އިޓަލީގެ އިންޓަ މިލާނުން، އަދި ޖަޕާނުގެ އުލްސަން އެޗްޑީ 1-0 އިން ބަލިކޮށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
އާޖެންޓީނާގެ ރިވާ ޕްލޭޓް 2-0 އިން ބަލިކޮށް އިޓަލީގެ އިންޓަ މިލާނުން، އަދި ޖަޕާނުގެ އުލްސަން އެޗްޑީ 1-0 އިން ބަލިކޮށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
އެމެރިކާގައި ކުރިއަށްދާ މުބާރާތުގެ ދެ ވަނަ ބުރުގައި އިންޓަ ބައްދަލުކުރަން ޖެހޭނީ ބްރެޒިލްގެ ފްލުމެނިނެސްއާ އެވެ. ޑޯޓްމަންޑް ވާދަކުރާނީ މެކްސިކޯގެ މޮންޓެރޭއާ އެވެ.
އިންޓަ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ހަތް ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުގެ ދެ ވަނަ އަށް ދިޔަ، މޮންޓެރޭ އަށް ލިބުނީ ފަސް ޕޮއިންޓެވެ. ރިވާ ޕްލޭޓް ހަތަރު ޕޮއިންޓާ އެކު ކެޓިއިރު، ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް ކެޓީ ޕޮއިންޓެއް ނުލިބި އެވެ.
ގްރޫޕް އީ އިން އިންޓަ އާއި ރިވާ ޕްލޭޓް ކުޅުނު މެޗުގައި އާޖެންޓީނާ ޓީމަށް މައްސަލަ ދިމާވީ 0-0 ގައި ނަތީޖާ އޮއްވާ 66 ވަނަ މިނެޓުގައި އެ ޓީމުގެ ލޫކަސް މާޓިނޭޒް ކުއާޓާ އަށް ރަތްކާޑެއް ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައި އިންޓަ އިން ވަނީ 72 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ފްރެންސެސްކޯ ޕިއޯ އެސްޕޮސީޓޯގެ ގޯލުން ލީޑު ނަގައިފަ އެވެ. އިންޓަގެ ދެ ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އެވެ. މެޗުގެ ފަހު ވަގުތު ހޫނުވެ ރިވާ ޕްލޭޓުގެ ގޮންޒާލޯ މޮންޓިއޭލް އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި މޮންޓެރޭ އިން ވަނީ ރެޑް ޑައިމަންޑްސް އަތުން 4-0 އިން މޮޅުވެފަ އެވެ. ގްރޫޕް އެފް އިން ޑޯޓްމަންޑް ދެ ވަނަ ބުރަށް ދިޔައީ ހަތް ޕޮއިންޓާ އެކު އެއް ވަނަ ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ފްލުމެނިންސް އަށް ލިބުނީ ފަސް ޕޮއިންޓެވެ. މި ގްރޫޕުން ކެޓީ ހަތަރު ޕޮއިންޓް ހޯދި ދެކުނު އެފްރިކާގެ މަމެލޮޑީ ސަންޑައުންސް އާއި، ޕޮއިންޓެއް ނުލިބި އޮތް އުލްސަން އެވެ.
ރޭ އުލްސަން އަތުން ޑޯޓްމަންޑް މޮޅުވި ހަމައެކަނި ގޯލް ޖެހީ 36 ވަނަ މިނެޓުގައި ޑެނިއެލް ސްވެންސަން އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ފްލުމިނެންސް އާއި ސަންޑައުންސް 0-0 އިން އެއްވަރުވީ އެވެ.
ކްލަބް ވޯލްޑް ކަޕްގެ ކުއާޓާގައި ރެއާލާއި ޑޯޓްމަންޑް
ތިއާގޯ ސިލްވާގެ ފުލުމިނޭސީ އިން އިންޓަ ކަޓުވާލައިފި
ޖަޕާނުގެ އުރަވާ އަތުން އިންޓަ މޮޅުވީ ފަހު ވަގުތު
ރާމޯސްގެ މޮންޓެރޭ އާއި އިންޓަ އެއްވަރު
ހަމަލާތަކުގެ ސަބަބުން ޓަރެމީ ތެހެރާނުގައި ތާށިވެފައި
ޑޯޓްމަންޑް ބަލިވެ، ރެއާލް އާއި އިންޓަ މޮޅުވެއްޖެ
ބަޔާނުން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ބަލިކޮށްފި
ޔުވެންޓަސް އާއި ޑޯޓްމަންޑް ޕޮއިންޓަކުން ފުއްދާލައިފި
ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ
ޓްރަމްޕް ދުރަށްވަޑައިނުގެންނެވި، ބޭނުންވީ އުފާފާޅުކުރައްވަން