10 މެއި 2020
ކޮވިޑް-19 އާ ގުޅިގެން މާލޭގައި އިމާރާތް ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު، އެ މަސައްކަތްތަކަށް ސަރުކާރުން އަލުން ހުއްދަ ދިނުމާ ގުޅިގެން، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ކޮންމެ ހަ ގަޑި އިރަކުން ލޭބަރުންގެ ހުން ބަލަން ޖެހޭ ގޮތަށް ހެލްތު އެންޑް ސޭފްޓީ ގައިޑްލައިންނަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ން ބަދަލު ގެނެސްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލޭގައި އިމާރާތް ކުރުން މެދުކަނޑާލާފައި އޮތުމަށް ފަހު، އެ މަސައްކަތްތަކަށް ސަރުކާރުން އަލުން ހުއްދަ ދިނުމާ ގުޅިގެން، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ކޮންމެ ހަ ގަޑި އިރަކުން ލޭބަރުންގެ ހުން ބަލަން ޖެހޭ ގޮތަށް ހެލްތު އެންޑް ސޭފްޓީ ގައިޑްލައިންނަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ން ބަދަލު ގެނެސްފި އެވެ.
އެ ގައިޑްލައިނަށް ބަދަލުތައް ގެނެސް، އާންމުކުރީ، މަސީގެ މެންބަރުންނާ އެކު މިއަދު މެންދުރު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގަ އެވެ.
މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ، މިގޮތަށް ކޮންސްޓްރަކްޝަން ސައިޓުތަކުގައި އަމަލުކުރާނެ ގައިޑްލައިނަށް ބަދަލުތައް ގެންނަން ނިންމީ، ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތްތައް ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް މިހާރަށް ވުރެ ބޮޑަށް ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. މިހާރު އޮތީ ބަދަލުވަމުންދާ ހާލަތެއް ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އަޅަން ޖެހޭ މުހިއްމު ފިޔަވަޅުތައް އެޅުމުގައި ދުނިޔޭގައި މި ކަންކަމަށް ގެންނަ ބަދަލުތަކަށް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހެލްތު އެންޑް ސޭފްޓީ ގައިޑްލައިނެއް ނެރުނީ 2010 ވަނަ އަހަރު. މިހާރު މި ގެންނަ ބަދަލުތަކުގައި ސައިޓްގައި ލޭބަރުން މާސްކް އަޅަން ޖެހޭނެ ގޮތްތަކާއި ސައިޓް ޑިސްއިންފެކްޓް ކުރުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް އިތުރު ކުރެވިފައިވާނެ،" ޖަނާހް ވިދާޅުވި އެވެ.
މި ހާލަތުގައި ވެސް ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ، 11 ތަނެއްގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު ކުރަމުން އެބަދެ އެވެ. މިި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހިމެނެނީ، ފައުންޑޭޝަން އެޅުމަށް ފުންކޮށް ކޮނެފައިވާ ތަންތަނާއި މި ވަގުތައް ހުއްޓާލައިފި ނަމަ، އެ ސައިޓުގެ ސަބަބުން ކައިރި އެހެން އިމާރާތްތަކަށް ގެއްލުންތައް ލިބޭނެ ފަދަ ސައިޓްތަކެވެ.
މި ގައިޑްލައިންގައި ވާ ގޮތުން، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުން ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރުމަށްޓަކައި ތިން ސްޓޭޖަކަށް ބަހާލައިގެން ކަންކަން ރޭވިފައިވެ އެވެ. އެއީ ސައިޓް ހުޅުވުމުގެ ކުރިން އަމަލު ކުރާނެ ގޮތްތަކާއި ސައިޓްގައި އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި ސައިޓުން ބޭރުގައި އަމަލުކުރަން ޖެހޭނެ ގޮތްތަކެވެ.
އެގޮތުން ސައިޓް ސޭފްޓީ އެންޑް ހެލްތު ސުޕަވައިޒަރެއް ކަނޑައަޅައި، ކޮންމެ ހަ ގަޑި އިރަކުން ހުން ބެލުމާއި ހެލްތު ޗެކަޕެއް ކޮންސްޓްރަކްޝަން ސައިޓްތަކުގައި އުޅޭ މީހުންގެ ހަދަން ޖެހެ އެވެ. ކޮންމެ ދުވަހަކު މަސައްކަތް ފެށުމުގެ ކުރިން އެ ކަންކަން ފުރިހަމަ ކުރަން ޖެހެ އެވެ.
މީގެ އިތުރުން ސައިޓެއްގައި މަސައްކަތް ކުރާ މީހުން ވަކި ވެހިކަލެއްގައި ސައިޓަށް ގެންދިއުމުގެ ކަންކަން ރޭވުމާއި އެއްކޮށް މަސައްކަތް ކުރާ މީހުން ނޫން އެހެން ބަޔަކު އެއްތަނެއްގައި ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސުމަށް ވެސް ނިންމާފައިވެ އެވެ. ސައިޓް ޑިސްއިންފެކްޓް ކުރުމުގައި އަމަލު ކުރާނެ ގޮތްތަ ވެސް މި ގައިޑްލައިންގައި ބަޔާންކޮށްފައިވެ އެވެ.
ސައިޓް ސޭފްޓީ އެންޑް ހެލްތު ސުޕަވައިޒަރެއް ކަނޑައަޅައި، ކޮންމެ ހަ ގަޑި އިރަކުން ހުން ބެލުމާއި ހެލްތު ޗެކަޕެއް ކޮންސްޓްރަކްޝަން ސައިޓްތަކުގައި އުޅޭ މީހުންގެ ހަދަން ޖެހެ އެވެ. ކޮންމެ ދުވަހަކު މަސައްކަތް ފެށުމުގެ ކުރިން އެ ކަންކަން ފުރިހަމަ ކުރަން ޖެހެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންގެ ހާލަތުގައި އޮތް އިރު ކޮންސްޓްރަކްޝަން މަސައްކަތްތައް ވަނީ އެއްކޮށްހެން ހުއްޓައިލައިފަ އެވެ. މި ހާލަތުގައި ވެސް ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ، 11 ތަނެއްގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ އެކު ކުރަމުން އެބަދެ އެވެ. މިި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހިމެނެނީ، ފައުންޑޭޝަން އެޅުމަށް ފުންކޮށް ކޮނެފައިވާ ތަންތަނާއި މި ވަގުތައް ހުއްޓާލައިފި ނަމަ، އެ ސައިޓުގެ ސަބަބުން ކައިރި އެހެން އިމާރާތްތަކަށް ގެއްލުންތައް ލިބޭނެ ފަދަ ސައިޓްތަކެވެ.
ޖަނާހް ވިދާޅުވި ގޮތުގައި، އެ ތަންތަނުގައި ވެސް މިހާރު ވެސް އަމަލުކުރަމުން އަންނަނީ އަލަށް އެކުލަވައިލި ގައިޑްލައިންގެ ތެރެއިންނެވެ.
އޭނާ ވިދާޅުވީ، މިއީ ލޮކްޑައުންގެ ހާލަތަށް ފަހުގައި އިގްތިސާދު ހުޅުވައިލުމުން ވީ އެންމެ އަވަހަކަށް މަސައްކަތްތައް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. މި ގައިޑްލައިން ހަ ބަހަކުން ވަނީ ނެރެފަ އެވެ. އެގޮތުން ބަންގްލަދޭޝްގެ ބަހާއި ނޭޕާލާއި ހިންދީ އާއި ސިންހަލަ އާއި ދިވެހި އަދި އިނގިރޭސި ބަހުން ވެސް ގައިޑްލައިން ނެރެފައިވެ އެވެ.
މަސީން ވަނީ ސައިޓްގައި ހުންނަން ކަނޑައަޅާ ސޭފްޓީ އެންޑް ހެލްތް ސުޕަވައިޒަރަށް މި ހަފުތާގައި ތަމްރީން ދޭން ނިންމައިފަ އެވެ.
މަސީގެ މެންބަރުންގެ ގޮތުގައި މިވަގުތު 384 ކޮންސްޓްރަކްޝަން ކުންފުނި ހިމެނެ އެވެ.
މަސީގެ އެންމެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒަށް
ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ދެނެގަތުމަށް ސާވޭއެއް
އަންނަ އަހަރުގެ ބަޖެޓުން އުންމީދު އާވެއްޖެ: ޖަނާ
މަސީގެ ތިން ވަނަ ކޮންސްޓްރަކްޝަން ކޮންފަރެންސް ފަށައިފި
އިފޮޕްކާގެ 45 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި
ރާއްޖޭގެ ބޭންކިން ދާއިރާ ތަރައްގީ ކުރަންޖެހޭ: ޖަނާހް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ